English Edition
Dhivehi Edition

ކޮރޯނާ ވައިރަސް ވަނީ އުޅަނދު ފަހަރުން އައްސޭރިފަށަށް ފުއްމާލާފައި ކަމަށް ޖަޕާންގެ ސިއްޙަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ. ޔޮކޮހާމާގެ ބަނދަރުގައި ކަރަންޓީން ކޮށްފައިވާ ކްރޫޒްޝިޕްގައިވާ މީހުންގެ ސާވޭއެއް ހަދަމުން ދިޔަ އެޤައުމުގެ ހެލްތް މިނިސްޓްރީގެ މުވައްޒަފަކު ވަނީ މިވައިރަހަށް ޕްޒިޓިވްވެފައެވެ. ފަޅުވެރިންނާއި ޕެސެންޖަރުންނާއެކު މުޅިއެކު 3600 އަށްވުރެ ގިނަ މީހުން ދަތުރު ކުރަމުން ދިޔަ އެ އުޅަނދުން އަލަށް ޕޮޒިޓިވް ވި 39 މީހުންނާއެކު މިބަލި ޖެހިފައިވާ މީހުންގެ އަދަދު 174 އަށް އަރާފައިވެއެވެ.

ޑައިމެންޑް ޕްރިންސެސް ކްރޫޒް ޝިޕް ކަރަންޓީން ކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭ އެ ކްރޫޒްގައި ހުރި ހޮންގކޮންގ އަށް ނިސްބަތްވާ އުމުރުން 80 އަހަރުގެ ފިރިހެނަކު ވައިރަހަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. އޭނާ ބަލިވުމުގެ ސަބަބުން ވައިރަހަށް ޓެސްޓު ހެއްދުމުން، ވައިރަހަށް ޕޮޒިޓިވް ވެފައިކަން ވަނީ އެނގިފައެވެ. މިއުޅަނދުގައި ތިބި ބަލި މީހުންނަށް ފަރުވާ ދިނުމަށްފަހު ޖަޕާންގެ އިދާރާތަކުން ދަނީ ކަރަންޓީން ކޮށްފައިވާ އުޅަނދުން ބައެއް މީހުން ހޮސްޕިޓަލް ތަކަށް ބަދަލު ކުރަމުންނެވެ. އެހެންނަމަވެސް އުޅަނދުގައި ތިބި އެތައް ބަޔަކު ދަނީ އެކަށީގެންވާ ފަރުވާ ނުލިބޭކަމަށް ބުނެ ޝަކުވާ ކުރަމުންނެވެ.

ޖަޕާނުގައި ފުރަތަމަ އަށް ކަރަންޓީން ކޮށްފައި ވަނީ 3،600 މީހުންނާއި އެކު ކަނޑުމަތީގައި އޮތް ކްރޫޒް ޝިޕެކެވެ. ވޯލްޑް ޑްރީމް ނަމަކަށް ކިޔާ އެ ކްރޫޒް ޝިޕްގައި ތިބި މީހުން ކަރަންޓީން ކޮށްފައި ވަނީ އޭގެން ދަތުރުކުރި 8 މީހުން ވައިރަހަށް ޕޮޒިޓިވް ވުމުންނެވެ. އޭގެ ފަހުން އިތުރު މީހަކު ވައިރަހަށް ޕޮޒިޓިވްވެފަ އެއް ނުވެއެވެ.

ޗައިނާގެ ވުހާން ސިޓީ ހިމެނޭ ހުބޭއި ޕްރޮވިންސުން ފުރަތަމަ ފެނުނު މި ވައިރަސް ޖެހިގެން މިހާތަނަށް 1،113 މީހުން ވަނީ މަރުވެފައި އެވެ. ދުނިޔޭގެ 25 ހަށްވުރެ ގިނަ ޤައުމުން މި ވައިރަސް ފެނިފައިވާއިރު މިހާތަނަށް 44،653 މީހަކަށް ވަނީ މި ވައިރަސް ޖެހިފައި އެވެ. ވައިރަސް ޖެހިފައިވާ މީހުންގެ ތެރެއިން 99 އިންސައްތަ މީހުންނަކީ ޗައިނާއަށް ނިސްބަތްވާ މީހުންނެވެ.