English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުމީދޫ ޗަސްބިމުގެ ހުއިތަކެއްގައި އަލިފާން ރޯވެއަނދަމުން އެބަދެއެވެ.

މިއަދު މެންދުރުފަހު ރޯވި މި އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ޕޮލިހުންނާއި އެމްއެންޑީއެފް ފަޔާރު ޓީމުން ކުރަމުން އަންނައިރު އަދިވެސް އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިނުވާކަމަށް އެ ސަރަހައްދުގައި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ ފަރާތަކުން ވަނީ ބުނެފައެވެ.އިތުރަށް އެ ފަރާތުން ބުނީ އަލިފާން ރޯވި ސަރަހައްދަކީ އެސްޓިއޯ ގުދަނާއިވެސް ކައިރި ސަރަހައްދެއްކަމަށާއި އެެހެންނަމަވެސް އަލިފާނުގެ އަސަރު އެ ގުދަނަށް ކޮށްފައިނުވާކަމަށެވެ. އަދި ވައި ހުރި ގޮތުން މިހާރު އަލިފާން ގަނޑު ފެތުރެމުންދަނީ ހުޅުދޫ ޗަސްބިމުގައި ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

އަލިފާން ރޯވި ސަރަހައްދުގައި ހުރި މީހަކު ‘އޭއޯ ނިއުސް’ އަށް މައުލޫމާތު ދެމުން ބުނީ އަލިފާން ރޯވީ މީހަކު އެ ސަރަހައްދުގައި ކެޔޮ ހައްދަން ބިން ސާފުކުރަން ރޯކޮށްލި އަލިފާނުގެ ސަބަބުން ކަމުގައި ލަފާކުރެވޭ ކަމަށެވެ. އެހެންނަމަވެސް އަދި މިކަމާއި ގުޅިގެން ކަމާއި ބެހޭ އިދާރާއެއްގެ ބަހެއް ލިބިފައެއް ނުވެއެވެ.