English Edition
Dhivehi Edition

މި މަސް ނިމުމުގެ ކުރިން ދިވެހިރާއްޖޭގައި މިނިމަމް ވޭޖް އިއުލާނުކުރައްވާނެކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓަރ މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓުވީޓެއްގައި އެވެ. މިނިސްޓަރ ފައްޔާޒު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖް (އެންމެ ކުޑަކޮށް ދެވޭނެ) އުޖޫރަ ،ފުރަތަމަ އިއުލާން ކުރައްވާނީ ވަޒީފާ އާއި ބެހޭ ޤާނޫނަށް ގެންނަ އިސްލާހުގެ ދަށުން ނޫންކަމަށެވެ. އަދި އުޖޫރަ ކަނޑައެޅިގެންދާނީ ރައްޔިތުންގެ މަޖިލީހާއި މަޝްވަރާކުރުމަށްފަހުގައި ކަމަށްވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިމަމް ވޭޖް ކަނޑައެޅުމަށް ރާއްޖޭގެ އެތަކެއް ރައްޔިތުންނެއް ގޮވާލަމުން އަންނައިރު މިއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއް ވައުދެވެ.

ރިޔާސީ ކެމްޕެއިން ކުރަށްވަމުން ގެންދެވި އިރު ރައްޔިތުން އެންމެ ބޮޑަށް އެދުނު އެއް ކަމަކީވެސް އެންމެ ކުޑަ އުޖޫރައެއް ސަރުކާރުން ކަނޑައަޅައި ދިނުމަށެވެ. ރާއްޖޭގައި އެންމެ ގިނައިން މީހުން ވަޒީފާ އަދާކުރާ އެއް ދާއިރާ އަކީ ފަތުރުވެރިކަމުގެ ދާއިރާ އެވެ.