English Edition
Dhivehi Edition
ކަނޑުގަދަ ދުވަހެއްގައި ވިލިމާލެ ފެރީއެއް ދަތުރުކުރަނީ - ފޮޓޯ: މިހާރު

ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް އިން އިލްތިމާސް ކޮށްފި އެވެ.

މިއަދު އެ ސާރވިސް ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ކުރިޔަށް އޮތް 48 ގަޑިއިރު ރާއްޖޭގެ ސަރަހައްދުތަކުގައި ވައި ގަދަވެ ކަނޑުތައް ގަފަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ވަޔާއި ކަނޑު ގަދަވެ، ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށްވެސް އެ ސާރވިސް އިން މައުލޫމާތު ދެއެވެ.

ވައިޖެހޭނެ ކަމަށް ލަފާ ކުރެވެނީ އިރުއުތުރާއި އިރުން މެދުތެރެއާއި އުތުރުގެ އަތޮޅުތަކުގައި ގަޑިއަކު 17 މޭލާ 27 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކުގައި ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މައުލޫމާތު ދެއެވެ.

މިއަދުގެ މޫސުން ކުރިޔަށްދާގޮތަށް ބަލާއިރު ރާއްޖޭގެ މޫސުން އާންމުގޮތުގައި ރަނގަޅު ވާނެއެވެ. ވައި ޖެހޭނެ ގޮތަށް ބަލާއިރު އިރުއުތުރާއި އިރުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖޭނެ އެވެ. އަދި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ

ރާއްޖޭގެ ކަނޑުތައް ބަލާއިރު ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ. ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާއި ދެމެދުގައި އެވެ.