English Edition
Dhivehi Edition
އެމްއެންޑީއެފްގެ ލޯންޗެއް - ފޮޓޯ: އެމްއެންޑީއެފް

ދޯންޏެއް ދިޔަވެ އަޑިއަށްދާތީ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ މިއީ ހަތަރު ދިވެހިން ތިބި ދޯންޏެއް ކަމަށާއި މާލެއިން ފުރައިގެން ތ. ދިޔަމިގިއްޔަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ކަމަށެވެ.

“މާކުރީ 7” ނަމަކަށް ކިޔާ އެ ދޯނި މި ވަގުތު އޮތީ ތ. ވިލިފުށީގެ ހުޅަނގު އުތުރުން 6 މޭލު ބޭރުގައި ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެއެވެ.

އެހެންނަމަވސް މި ހާދިސާގެ އިތުރު ތަފްސީލެއް އަދިހާމައެއް ނުކުރެއެވެ،

މެޓް އޮފީހުން ރާއްޖޭގެ މޫސުން ލަފާކޮށްފައިވާގޮތަށް ބަލާއިރު، ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވަނީ ވައިޓް އެލާޓް ވެސް ނެރެފައެވެ.

އެގޮތުން ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް އދ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ.

މީގެ އިތުރުން ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ރ. އަތޮޅުން ފެށިގެން ކ އަތޮޅަށް ވެސް ވަނީ ވައިޓް އެލާޓް ނެރެފައެވެ.