ކަނޑުމަތީގެ ޙަރަކާތްތައް ހިންގުމުގައި ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކޮށްފިއެވެ.
މެޓް އޮފީހުން މިގޮތަށް އިލްތިމާސް ކުރީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ އޮއިވަރު ގަދަވެފައިވާތީއެވެ.
“އިރުވައި މޫސުމުގެ މިދުވަސްވަރަކީ ރާއްޖޭގެ ސަރަޙައްދުގައި އޮއިވަރު ގަދަވާ ދުވަސްވަރެއް. ޚާއްސަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ ކަނޑުތަކުގެ އޮއިވަރު ވަނީ ގަދަވެފަ.” މެޓް އޮފީހުން ބުންޏެވެ.
އެހެންވެ، މަސްވެރިކަމާއި، ފީނުމާއި ޑައިވިންގ އަދި މޫދާ ކަނޑުމަތީގެ އެހެނިހެން އެކިއެކި ކުޅިވަރުތަކާއި ޙަރަކާތްތައް ހިންގުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
Strong ocean currents over the Maldives. pic.twitter.com/xyygdzQvSd
— Maldives Meteorology (@MetMaldives) January 18, 2022
މޫސުން ރަނގަޅުވިނަމަވެސް، ކަނޑުގެ އޮއިވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ކޮންޓްރޯލް ގެއްލި، ކަނޑު މަތީގެ ނުރައްކާތެރި ހާދިސާތައް ހިނގަމުން އަންނައިރު، މީހުން ގެއްލުމާއި މަރުވުމުގެ ހިތާމަވެރި ޙާދިސާތައް ވެސް ހިނގަމުން އާދެއެވެ.
މިފަދަ އެއްވެސް ޙާދިސާއެއް ހިނގައިގެން އުޅޭކަން އެނގިއްޖެނަމަ، ލަސްނުކޮށް ކޯސްޓްގަރޑްގެ އެހީއަށް އެދުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.