English Edition
Dhivehi Edition
ގާޑިޔާގައި ރޯވި އަލިފާންގަނޑު - ފޮޓޯ: އެމްއެންޑީއެފް

އައްޑޫ ސިޓީ ހިތަދޫގައި ހުންނަ “ޖަޒީރާ ގާޑިޔާ”ގައި އަލިފާނުގެ ހާދިސާއެއް ހިނގައި، ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ އައްޑޫ ސިޓީ ހިތަދޫގައި ވިޔަފާރިކުރަން ބޭނުންކުރާ މަގުމަތީ ގާޑިޔަލެއްގައި އަލިފާން ރޯވެގެން ސަދަން އޭރީއާ ހިތަދޫ ފަޔަރ ސްޓޭޝަނުން ޙަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި ފަޔަރފައިޓަރުންގެ މަސައްކަތުން އެ އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން މަޢުލޫމާތު ދެއެވެ.

އެމްއެންޑީއެފް އިން ބުނީ ރޭ ފަތިހު .5.05 ހާއިރު ހިނގި އެ ހާދިސާގައި އެ ގާޑިޔާ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ހިތަދޫ ލިންކް ރޯޑްގައި ހިންގަމުން އަންނަ ޖަޒީރާ ގާޑިޔާ އަކީ ވަރަށް ގިނަ މީހުން ހިތްފަސޭހަކޮށްލުމަށާއި ރައްޓެހިންނާއެކު މަޖާކޮށްލުމަށް ގޮސް އުޅޭ ތަނެކެވެ.