English Edition
Dhivehi Edition

ޗައިނާގެ ވުހާން އިން ފުރަތަމަ ފެނުނު ނުރައްކާތެރި ނޮވެލް ކޮރޯނާ ވައިރަހުގައި މިހާތަނަށް 724 މީހުން މަރުވެފައިވާކަމަށް އެޤައުމުގެ އޮފިޝަލުން މައުލޫމާތު ދީފިއެވެ.

ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ މި ވައިރަހަށް 6106 މީހުން ޕޮޒިޓިވް ވެފައިވާއިރު މި ވައިރަހަށް ޝައްކުކުރެވޭ މީހުންގެ އަދަދު ވަނީ 34956 އަށް އަރައިފަ އެވެ. ދުނިޔޭގެ 25 އަށް ވުރެ ޤައުމުން ކޮރޯނާ ވައިރަސް ފެނިފައިވާއިރު ދެ ޤައުމަކުން 2 މީހަކު މި ބަލީގައި ވަނީ މަރުވެފައި އެވެ. އިއްޔެގެ ވަގުތެއްގައި ސިންފަޕޫރުން ވެސް ވަނީ ކޮރޯނާ ވައިރަހުގެ ސަބަބުން އޮރެންޖް ސަމާލު ނެރެފައި އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުން މި ވައިރަސް ފެނިފައިވާއިރު ބަލި ޖެހުން ކޮންޓްރޯލް ކުރުމަށް މި ބަލި ޖެހިފައިވާ މީހުންނަށް ފަރުވާދެމުން ދަނީ އެމީހުން އެކަހެރިކޮށް ބައިތިއްބައިގެންނެވެ.

ޗައިނާއިން އެހެން ޤައުމުތަކަށް ދަތުރުކޮށްފައިވާ ފަރާތްތައް 14 ދުވަސްވަންދެން ވަނީ އެކި ޤައުމުތަކުން ކަރަންޓީން ކޮށްފައެވެ. އެގޮތުން ޖަޕާނުގެ ކްރޫޒް ޝިޕެއްގައި ތިބި ބަޔަކުވެސް އެޤައުމުން ވަނީ 2 ހަފްތާވަންދެން ކަރަންޓީން ކޮށްފައެވެ.