English Edition
Dhivehi Edition
ޝިދާތާ ޝަރީފް - ފޮޓޯ: ޙުސައިން ވަޙީދު (މިހާރު)

މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަޤާމުގައި ހުންނެވި ޝިދާތާ ޝަރީފް އެމަޤާމުން މިއަދު އިސްތިއުފާ ދެއްވާފައިވާއިރު އެކަމަނާއަކީ ސިޔާސީ ޙަރަކާތުގަ އަދާލަތު ޕާޓީގެ އެއް މުގޫ ކަމަށް ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އައްޝައިޙް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޝިދާތާގެ އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ގަބޫލު ކުރައްވާ، އެ މަގާމުން އޭނާ ވަކި ކުރައްވާފައިވާއިރު ޝެއިހް އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަދާލަތު ޕާޠީގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީގެ މުޤައްރިރު ޝީދާތާ ޝަރީފަކީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި އުފެދުނު ހިތްވަރުގަދަ ކަނބަލެއް ކަމަށެވެ.

“އަދާލަތު ޕާޓީ ޚުދު އަޅުގަނޑަށް އެކަމަނާ ކޮށްދެއްވި އަގުހުރި ޚިދުމަތްތަކާއި ވެވަޑައިގެންފައިވާ ގުރުބާނީ މިންކުރެވޭވަރަށް ވުރެ ބޮޑު. އަދި އެއީ ގެއްލިގެން ދާނެ ކަމެއްވެސް ނޫން“ މިނިސްޓަރ ގެ ޓުވީޓުގައި ވިދާޅުވިއެވެ.

ޖެންޑަރ މިނިސްޓަރު ކަމުން ޝިދާތާ އިސްތިއުފާ ދެއްވިއިރު އެ މަގާމަށް ރައީސް އައްޔަން ކުރައްވަން ނިންމާފައި ވަނީ އައިޝަތު މުހައްމަދު ދީދީ އެވެ.