ރާއްޖޭގެ އުތުރުގެ ބައެއް އަތޮޅުތަކުން ބިންގަނޑަށް ލޮޅުމެއް އައިކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް (މެޓް) އިން ބުނެފިއެވެ.
ރޭ ދަންވަރު 1:47 ހާއިރު އައި މި ލޮޅުމުގެ އަސަރުކޮށްފައިވަނީ ހއ ގެ ރަށްތަކަށް ކަމަށް މައުލޫމާތު ލިބެއެވެ.
މެޓް އޮފީހުން ބުނީ ހަނިމާދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރިކޯޑު ކުރާ މީޓަރަށް ރާއްޖޭ ގަޑިން ރޭ ދަންވަރު ކުރި ލޮޅުމުގެ އަސަރު ރިކޯޑު ކުރެވިފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތި ވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.
މި ލޮޅުމުގެ އިހުސާސު ބައެއް ރަށްތަކަށް ވަރަށް ބޮޑަށް ކުރެވިފައިވާ ކަމަށް އެ އަތޮޅުގެ ބައެއް ރަށްތަކުގެ މީހުން ވަނީ ބުނެފައެވެ.
Raajjeyge uthuruge rah thakah bin helumegge asaru koffihttps://t.co/aqxf6pP4QX
— AO News (@aonews_mv) February 6, 2020