English Edition
Dhivehi Edition

18 އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކަށް އެ ކުއްޖާގެ ދޮންބައްޕަ ޖިންސީ ގޯނާ ކޮށްފިއެވެ. މިހާދިސާ ހިނގާފައި ވަނީ ރާއްޖޭގެ އުތުރުގެ ރަށެއްގައި އެވެ.

ޖެންޑާ މިނިސްޓްރީ އިން ވިދާޅުވި ގޮތުގައި 18 އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ދޮންބައްޕަ އަކު ޖިންސީ ގޯނާ ކުރިކަމުގެ މައްސަލަ އެއް މިއަދު އެ މިނިސްޓްރީ އަށް ހުށަހަޅާފައިވާކަމަށެވެ.

މިއަދު ޖެންޑަރ މިނިސްޓްރީން ވިދާޅުވީ ޖިންސީ ގޯނާ ކުރިމަތިވި އަންހެން ކުއްޖާ ރައްކާތެރި މާހައުލަކަށް މިހާރު ބަދަލުކޮށްފައިވާ ކަމަށާއި ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީ އިން ވިދާޅުވިއެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމުގެ މައްސަލަތައް ގިނަ އަދަދަކަށް ހުށައެޅެމުން އަންނައިރު މީގެ ތެރެއިން ބައެއް މައްސަލަތައް ކުރިމަތިވަނީ ސަރުކާރުން އެކަންކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ނާޅާތީކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ޖެންޑަރ މިނިސްޓަރުގެ އިސްތިއުފާއަށްވެސް ގޮވާލާފައެވެ.