English Edition
Dhivehi Edition
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަދި ތަރުޖަމާނު، އަހްމަދު އަކްރަމް - ފޮޓޯ: ފަޔާޒް މޫސާ (ސަން)

ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަން(އީސީ) އިން ހުޅުވާލައިފިއެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އިޢުލާންކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަނުގެ ނާއިބް ރައީސް އަޙްމަދު އަކްރަމް ވިދާޅުވީ މިއަދުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.

މިރޭ ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލިއިރު އީސީ އިން ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަަނަ ދުވަހުއެވެ. މިއީ ދެ އިންތިޚާބެއް އެއް ދުވަހެއްގައި ބާއްވާ ފުރަަތަމަ ފަހަރެވެ.

އީސީގެ ނައިބު ރައީސް އަކްރަމް ވިދާޅުވީ އޭޕްރީލް 4 ގައި ބާއްވާ 2 އިންތިޚާބުގައި 6000 އެއްހާ ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. މި އިންތިޚާބު ވެގެންދާނީ ރާއްޖޭގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ ފުރަތަމަ އިންތިޚާބަށެވެ.

އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުގައި ވޯޓް ދިނުމުގެ ޙައްގު ލިބިފައިވާ މީހުންގެ ވޯޓާސް ލިސްޓް އާންމުކޮށްފައިވާއިރު މިފަހަރުގެ އިންތިޚާބުގައި 2،69562 މީހުންނަށް ވޯޓްލެވޭނެ އެވެ.