English Edition
Dhivehi Edition

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލުމަށް އިލެކްޝަން ކޮމިޝަން(އީސީ) ގެ ވޯޓުފޮށިތައް ބޭނުން ކުރުމުން އެކަމާއި ދެކޮޅު ހަދައި އެހެން ސަރުކާރުގެ މުދާ ބޭނުން ނުކުރެވޭނެ ކަމަށް ޕީޕީއެމުން ބުނެފައި ވަނިކޮށް ޕީޕީއެމްގެ ޕްރައިމަރީއަށްވެސް އީސީގެ ވޯޓުފޮށިތައް ބޭނުންކުރަން ނިންމައިފި އެވެ.

އެމްޑީޕީން ލޯކަލް ކައުންސިލް އިންތިޙާބުގެ ޕްރައިމަރީގައި ބޭނުންކުރުމަށް އީސީގެ ވޯޓުފޮށިތައް ހޯދާފައި ވަނީ އީސީގައި އެދިގެންނެވެ. ޕީޕީއެމް އާއި ޕީއެންސީން އީސީއަށް ފާޑުކިޔާފައި ވާއިރު އެ ކޯލިޝަނުން ވަނީ އީސީގެ ނައިބު ރައީސް އަހުމަދު އަކްރަމް އަކީ އެމްޑީޕީން ބޭނުންވާ ގޮތަކަށް ކަންކަން ހަމަޖައްސައިދިނުމަށް އެ ކޮމިޝަނުގައި ހުންނަ އެ ޕާޓީގެ އެޖެންޓެއް ކަމަށް ތުހުމަތުވެސް ކޮށްފައި އެވެ. މިގޮތަށް ތުހުމަތު ކޮށްފައި ވަނީ ޕީއެންސީގެ ނައިބު ރައީސް އަހްމަދު ޝުޖާއު އެވެ.

 

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު އަކުރަމް ކުރެއްވި ޓުވީޓެއްފައި ވިދާޅުވީ، ޕީޕީއެމްގެ ޕްރައިމަރީއަށް އީސީގެ ވޯޓު ފޮށިތައް ރޭ ދޫކޮށްފައިވާ ކަމަށެވެ. އަކްރަމް ވަނީ އެ ވޯޓިފޮށިތަކުގެ ފޮޓޯތައްވެސް ހިއްސާ ކޮށްފައެވެ. އަކްރަމް ވިދާޅުވީ ސިޔާސީ މަންފާ ހޯދުމަށް ބުހުތާނު ދޮހު ހެދުމުން ފިތުނަވުން ނޫން ކަމެއް ނުވާނެ ކަމަށާއި އީސީ އިން ޕާޓީތައް ތަފާތެއް ނުކުރާނެ ކަމަށެވެ.