English Edition
Dhivehi Edition

އަހަރެއްހާ ދުވަހު ނިއުޔޯކުގައި ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް ފަހު މިދިޔަ ސެޕްޓެމްބަރު މަހު އެ ބަލިން ސަލާމަތްވެ އިންޑިއާއަށް އެބުރި ގޮސްފައިވާ ބޮލީވުޑްގެ މަޝްހޫރު ތަރި ރިޝީ ކަޕޫރްގެ ހާލު ގޯސްވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފިއެވެ.

ރިޝީ އެޑްމިޓްކޮށްފައިވަނީ އާއިލީ ހަފްލާއަކަށް ދިއްލީއަށް ގޮސް އުޅެނިކޮށް އިންފެކްޝަނެއްގެ ސަބަބުން ހާލު ގޯސްވުމާއި ގުޅިގެންނެވެ. ރިޝީ އެޑްމިޓްކުރި ހަބަރާއެކު އޭނާގެ ދަރިފުޅު ރަންބީރު ކަޕޫރާއި އޭނާގެ ލޯބިވެރިޔާ އާލިއާ ބަޓް ވެސް ވަނީ ރިޝީ ގާތަށް ދިއްލީ އަށް ގޮސްފައެވެ. ރިޝީގެ އާއިލާގެ ގާތް ފަރާތަކުން މީޑިއާއަށް މައުލޫމާތު ދެމުން ބުނީ މުމްބާއީގައި ދިރިއުޅޭ ރިޝީ ދިއްލީއަށް ދިޔަ އިރު ހާލު ރަގަޅުކަމަށާއި އެހެންނަމަވެސް ދިއްލީއަށް ދިޔަ ފަހުން ހާލު ގޯސްވެފައިވަނީ ދިއްލީގެ ވައިނުސާފުކަމުން ކަމުގައި ގަބޫލުކުރެވޭ ކަމަށެވެ.މިކަމާއި ގުޅިގެން ރިޝީގެ އާއިލާއިން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ގިނަ ދުވަސްތަކެއްވަންދެން ކެންސަރު ބައްޔާއި ހަނގުރާމަކޮށްފައިވާ ރިޝީ އޭނާއަށް ކެންސަރުޖެހިފައިވާކަން ހާމަކުރީ މިދިޔަ އަހަރު މޭއި މަހުގެ ތެރޭގައެވެ، އޭރު ރިޝީ ދިން އިންޓަވިއުއެއްގައި ބުނީ ކެންސަރު ޖެހުނުކަން އެނގުނީ ދިއްލީ ގައި ފިލްމެއްގެ ޝޫޓިންގައި އުޅެނިކޮށް ކަމަށާއި، ނިއުޔޯކަށް ދިޔައީ ޑޮކްޓަރުގެ ލަފާގެ މަތިިން ކަމަށެވެ.

ޓެގު