English Edition
Dhivehi Edition

ކްރޯނާ ވައިރަސް ޖެހިގެން ފުރަތަމަ ފަހަރަށް ޗައިނާއިން ބޭރުގައި މީހަކު މަރުވެއްޖެއެވެ.

ޑަބްލިއު އެޗް އޯއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މަރުވެފައިވަނީ އުމުރުން 44 އަހަރުގެ ޗައިނާ ފިރިހެނެކެވެ. މިއީ ޗައިނާ އިން ބޭރުގައި މިވައިރަސް ޖެހި މީހަކު މަރުވި ފުރަތަމަ ފަހަުކަމަށްވެސް ޑަބްލިއު އެޗް އޯ އިން ހާމަކޮށްފައި ވެއެވެ.

ޑަބްލިއު އެޗްއޯ އިން ފިލިޕންސްއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޑރ.ރަބީ އަބެޔާސިންގ ހޮނިހިރު ދުވަހު މިކަމާއި ގުޅިގެންބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ އޭނާ އަކީ ބަލި ފުރަތަމަ ފެތުރެން ފެށުނު ވޫހާން ސްޓޭޓުން ފިލިޕިންސްއަށް ދިޔަ މީހެއް ކަމަށާއި، އެ ގައުމަށް ދިޔަ އިރުވެސް ބަލީގެ އަލާމާތްތައް އޭނާގެ ފަރާތުން ފެންނަން ހުރި ކަމަށެވެ.

މިހާތަނަށް ވައިރަސް ޖެހިގެން 300 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، 14،000 އަށްވުރެ ގިނަ މީހުން ވަނީ ވައިރަސް އަށް ޕޮޒިޓިވް ވެފައެވެ.

މިބައްޔަށް އަދި އެއްވެސް ވެކްސިނެއް އަދި ބޭހެއް ހޯދިފައި ނުވެއެވެ. ދުނިޔޭގެ އެތައް ޤައުމަކުން މިބަލި ފެންނަމުންދާއިރު ޑަބްލިއު އެޗް އޯ އަދި ހުރިހާ ޞިއްޙީއެހީތެރިންވެސް ވަނީ ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި މީހުން ގިނަ ތަންތަނަށް ދާއިރު މާސްކު އަޅައިގެން އުޅުމަށާއި ޤައުމުން ބޭރަށް ކޮއްމެހެން ކުރަން ޖެހޭ ދަތުރުތައްފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.