ޗައިނާގެ ވޫހާންއިން ފެނުނު ނޮވެލް ކޮރޯނާވައިރަސް އެގައުމުގެ ހުރިހާ ސަރަހައްދަކަށް ފެތުރި މުޅި ދުނިޔެއަށް ބިރުވެރިކަމުގެ އިންޒާރު ދީފައިވާއިރު މި ބަލީގައި މަރުވާ މީހުންގެ އަދަދު ދަށަށް ދާން ފަށައިފިއެވެ.
ޗައިނާގެ ކޮރޯނާވައިރަސް ، ގްލޯބަލް ކޭސް ރިޕޯޓް ޓްރެކާ ބުނާ ގޮތުގައި މި ބަލީގައި މަރުވާ މީހުންގެ އަދަދު %2.2 އިން މިހާރު ވަނީ %2.1 އަށް ދަށަށް ގޮސްފައެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން 136 މީހަކަށް ފަރުވާ ދީ ރަނގަޅު ވެފައިވާކަމަށް ގްލޯބަލް ކޭސް ރިޕޯޓްގައި ވެއެވެ. މިއަދު ހެނދުނާ ހަމައަށް 170 މީހުން މި ބަލީގައި މަރުވެފައިވާއިރު އޭގެ ފަހުން މި އަދަދަށް އިތުރު ވެފައިވަނީ އެންމެ މީހެކެވެ.
ނަމަވެސް ހަލުވި މިނެއްގައި ފެތުރެމުންދާ މި ވައިރަހުގައި މިހާތަނަށް 8163 މީހުން ޕޮޒިޓިވް ވެފައިވާ އިރު ވައިރަސް ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ 12،167 މީހަކު ދުނިޔޭގެ އެކިކަންކޮޅު ތަކުން ވަނީ ފެނިފައެވެ.
ޗައިނާގެ އިތުރުން ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެފައިވާ މީހުން ތިބި ގައުމުތަކުގެ ތެރޭގައި:
ތައިލޭންޑް- 14 މީހުން
ޖަޕާން- 11 މީހުން
ހޮންގްކޮންގ ޗައިނާ- 10 މީހުން
ސިންގަޕޫރު- 10 މީހުން
ތައިވާން، ޗައިނާ- 9 މީހުން
އޮސްޓްރޭލިއާ- 9 މީހުން
މެލޭޝިއާ- 8 މީހުން
މަކާއު، ޗައިނާ- 7 މީހުން
ޔޫއެސް- 5 މީހުން ހިމެނެއެވެ.
މި ބަލީގައި މިހާތަނަށް މީހުން މަރުވެފައިވަނީ ޗައިނާއިން އެކަންޏެވެ.