English Edition
Dhivehi Edition

ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ކޮރޯނާވައިރަސް އަވައްޓެރި އިންޑިޔާއިންވެސް ފެނިއްޖެއެވެ.

ޓައިމްސް އޮފް އިންޑިޔާގައި ބުނެފައި ވަނީ އިންޑިޔާއިން ކޮރޯނާ ވައިރަސްގެ ފުރަތަމަ ކޭސް ފެނިފައި ވަނީ ޗައިނާގެ ވުހާންގައި ކިޔަވަމުން ދިޔަ އިންޑިޔާގެ ކުއްޖެއްގެ ގައިންނެވެ. މި ކުއްޖާ މިހާރު އިންޑިޔާގައި ހުރި އިރު ކޮރޯނާ ވައިރަހަށް މި ކުއްޖާ ޕޮޒިޓިވް ވެފައި ވަނީ ޗައިނާއިން އެނބުރި އިންޑިޔާއަށް އައި ފަހުންނެވެ.

އިންޑިޔާގެ ކެރެލާއިން ކޮރޯނާ ވައިރަހުގެ ފުރަތަމަ ކޭސް ފެނިފައި ވާއިރު މި ވައިރަސް ޖެހިގެން ޗައިނާއިން ވަނީ މިހާތަނަށް 170 މީހުން މަރުވެފައި އެވެ. ޗައިނާ އާއި އިތުރު 20 ޤައުމަކުން މި ބަލި ފެނިފައި ވާއިރު މިހާތަނަށް 7،000 އަށްވުރެ ގިނަ މީހުންނަށް ވަނީ މި ބަލި ޖެހިފައި އެވެ.

ޗައިނާގެ ވުހާންގައި ތިބި ބޭރުގެ ރައްޔިތުން މިހާރު ވަނީ އެމީހުންގެ އަމިއްލަ ޤައުމުތަކަށް ދަތުރުކުރަން ފަށައިފަ އެވެ. ޗައިނާގެ ކަމާއި ބެހޭ ފަރާތްތަކުން މިހާރު މައުލޫމާތު ދޭގޮތުގައި ކޮރޯނާ ވައިރަސް ޗައިނާގެ ހުރިހާ ސިޓީއަކަށް ވަނީ ފެތުރިފައި އެވެ.