އުރީދޫ އިން ހޮޓެލް ޖެންގައި ބޭއްވި ‘މަރްޙަބާ 2020’ ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި މިނިސްޓަރ އޮފް ޔޫތު،ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓް އަހްމަދު މަހްލޫފް ވެސް ހިމެނިވަޑައިގަންނަވަ އެވެ. އިވެންޓުގެ ފޮޓޯތައް މީސްމީޑިޔާގައި ދައުރުވާން ފެށުމުން އެންމެންގެ ލޯތައް އެންމެ ބޮޑަށް އަޅައިގަތީ ޔޫތު މިނިސްޓަރ މަހްލޫފު އެ އިވެންޓުގައި ތުރުކުރެއްވި ގަމީހަށެވެ.
އެ ހަފްލާގައި އުރީދޫން މި އަހަރު ތެރޭގައި ބާއްވާ އުރީދޫ ކަލާ ރަން އިފްތިތާހްކޮށްދެއްވާފައި ވަނީ މަހްލޫފެވެ. މަހްލޫފް ސްޓޭޖް މަތީގައި ހުންނަވައިގެން ނަގާފައިވާ ފޮޓޯތަކަށް މީސްމީޑިޔާގައި ގިނަ ބަޔަކު ކޮމެންޓުކުރަމުން އަންނައިރު އެންމެ ގިނަ ބަޔަކު ކޮމެންޓު ކުރަނީ ގަމީހުގެ އަގާއި ބެހޭގޮތުންނެވެ. އެންމެ އަގުބޮޑުކަމަށް ބުނާ މި ގަމީހުގެ ވާހަކަ ރާއްޖޭގެ ޚަބަރުތަކުގެ ފަލަ ސުރުހީއަށް އެރުމުން ޔޫތު މިނިސްޓަރ ވެސް މިވަނީ މިކަމާއި ބެހޭގޮތުން ހިޔާލު ފާޅުކުރައްވާފައެވެ.
އެންމެ ފުރަތަމަ މަހްލޫފުގެ ގަމީހުގެ ވާހަކަ ލިޔުނީ ވަގުތު އަދި ވޮއިސް އިން ނެވެ. މަހުލޫފް އޭނާގެ ފޭސްބުކްގައި ވިދާޅުވީ ގަމީސް ގަތްއިރު ވަގުތު އަދި ވޮއިސް ގެ ނޫސްވެރިން ތިބި ހަނދާނެއް ނެއް ކަމަށެވެ. އަދި ގަމީހާއި ބެހޭގޮތުން މަހްލޫފް ވިދާޅުވީ އެއީ ދުބާއީ އިން އޭނާ ގަތް ގަމީހެއް ކަމަށެވެ. އަދި ގަމީހުގެ އަގު 800$ ނާރާނޭ ކަމަށް މަހްލޫފް ވިދާޅުވިއެވެ.
We're glad to have collaborated with @OoredooMaldives during the past year & delighted to be partners of Oooredoo's Cyber Safety Campaign as we look forward to working much closely this year. Also honoured to have launched this year's #OoredooColorRun to be held in Kulhudhuffushi pic.twitter.com/pNMTlPdQXG
— Ahmed Mahloof (@AhmedMahloof) January 28, 2020
“ދުބާއީ ދެކޮޅު ޓިކެޓް ނަގައިގެން ގޮސް ނިއުޔާ ސޭލް އިން ތި ގަމީސް ގަނެގެން އަޔަސް $800 އެއް ނާރާނެ އިންގޭތޯ” ފޭސްބުކުގެ އަމިއްލަ ޕޭޖުގައި މަހުލޫފް ވިދާޅުވިއެވެ.
މަހްލޫފު އެ ރަސްމިއްޔާތުގައި ތުރުކުރެއްވި ގަމީހަކީ ޑޮލްސީ އެންޑް ގަބާނާ ހެލަޑީ ޕްރިންޓް ގެމީހެކެވެ. އެ ގަމީހުގެ އަގު އުޅެނީ 870 ޑޮލަރު (13441 ރުފިޔާ) ހިސާބުގައި އެވެ.