English Edition
Dhivehi Edition

ދިވެހިރާއްޖެއަށް އަންނަން ބުކިންގ ހެއްދި 2000 އަށްވުރެ ގިނަ މީހުންގެ ބުކިންގ ކެންސަލް ކޮށްފި ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު މިގޮތަށް ވިދާޅުވެފައި މިވަނީ ރައީސް އޮފީހުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ ކޮރޯނާ ވައިރަސް އާ ގުޅިގެން އެއްވެސް ކަމެއް ރައްޔިތުންނަށް ސިއްރު ނުކުރާނެ ކަމަށެވެ.

މިރޭ ރައީސް އޮފީހުގައި ބޭއްވިގެން ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ/ޓުއަރިޒަމް މިނިސްޓްރީ

ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވެސް ބައިވެރިވެވަޑައިގަންނަވާ މި ބައްދަލުވުމުގައި އަމީން ވިދާޅުވީ ރާއްޖެއަށް ކޮރޯނާ ވައިރަސް އެތެރަވުމުގެ ކުރިން ރާއްޖޭގެ ހުރިހާ ތަނެއްގައިވެސް މި ވައިރަސް އަށް ޝައްކުކުރެވޭ މީހުން ދެނެގަތުމަށާއި ވައިރަހަށް ފަރުވާ ކުރެވޭނެ ގޮތް ދަސްކޮށް ދޭން މަސައްކަތް ކުރެވެމުންދާ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގެ ހޮސްޕިޓަލުގެ މުވައްޒަފުންނަށާއި އެއާރޕޯޓުގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް މިކަންކަން ދަސްކޮށް ދެވިގެން ދާނޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހެލްތު މިނިސްޓަރ އިތުރަށް ވިދާޅުވީ މިހާތަނަށްވެސް ރާއްޖެއިން ކޮރޯނާ ޗައިރަސް ޖެހިފައިވާ އެއްވެސް މީހަކުފެނިފައި ނުވާ ކަމަށެވެ.

ކޮރޯނާ ވައިރަހަކީ ފަހުގެ ތާރީޚެއްގައި ދުނިޔޭގައި ފެތުރުނު އެންމެ ނުރައްކާތެރި ވައިރަހެވެ. މި ވައިރަސް ޖެހިގެން އެތައް ހާސް މީހުން މަރުވެފައިވާއިރުމިހާތަނަށް 4500 އަށް ވުރެ ގިނަ މީހުންނަށް ވަނީ މި ވައިރަސް ޖެހިފައި އެވެ.