English Edition
Dhivehi Edition
ކޮކޯޕާމް ދުނިކޮޅު ރިސޯޓް

ދަތުރުފަތުރު ކުރުމަށް ޝައުޤުވެރިވާ މީހުންގެ ތެރެއިން ތިމާވެއްޓަށް ލޯބި ކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ރާއްޖޭގެ ލަގްޒަރީ ރިސޯޓެއްގައި އިންޓާރންޝިޕް ފުރިހަމަ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބ. އަތޮޅުގެ ރިސޯޓެއްކަމަށްވާ ކޮކޯ ޕާމް ދުނިކޮޅުންވަނީ އަންނަ ސެޕްޓެމްބަރ މަހު އެރިސޯޓްގެ ޑައިވިންގ ސްޕޮޓްތަކާއި މުރަކައިގެ ބަގީޗާތައް ތަރައްޤީކުރުމުގެ މަސައްކަތަށް ބޭނުންވާ ކޯރަލް ގާޑްނަރ އެއް ހޯދުމަށް އިޢުލާން ކޮށްފައެވެ. މިކަމަށް އެދޭ ފަރާތްތަކުގެ ކިބައިގައި ކަމުގެ ތަޖުރިބާ ހުންނާކަށް މަޖުބޫރެއް ނޫނެވެ. ދުނިޔޭގެ ކޮންމެ ޤައުމެއްގެ މީހަކަށްވެސް ކުރިމަތިލެވިދާނެއެވެ. ޝައުގުވެރިވާ ފަރާތްތަކުން ފަރުތަކުގެ މުހިންމުކަމާއި ފަރުތައް ޙިމާޔަތްކުރުމަށް އޭނާ ޢަމަލު ކުރާނެ ގޮތް ބަޔާންކޮށް 500 ބަހުގެ ލިއުމެއް ހުށަހަޅަން ޖެހެއެވެ. އަދި މިމަޢުލޫމާތު ހިމެނޭ 3،2 މިނިޓްގެ ވީޑިއޯ ކްލިޕެއް ސޯޝަލްމީޑިއާގެ ޕްލެޓްފޯމެއްގައި ޙިއްސާކޮށް އޭގެ ލިންކް ފޮނުވަން ޝަރުތުކޮށްފައިވެއެވެ.

ކޯރަލް ގާޑްނަރ އަކަށް ހޮވޭ ފަރާތް ، ފަތުރުވެރިންގެ މަގުބޫލުކަން ހޯދާފައިވާ ރާއްޖޭގެ ލަގްޒަރީ ރިސޯޓެއްގައި 3 ހަފްތާގެ ވަގުތީ މަގާމެއް ފުރާނެއެވެ. އިންޓަރންޝިޕްގައި ހޭދަކުރާ މުއްދަތަކީ މުސާރައެއް ކަނޑައެޅިފައިވާ މުއްދަތެއްނޫނެވެ. އެހެންނަމަވެސް ދެކޮޅު ޓިކެޓާއި ކަނޑާއި އެއްގަމުގެ ދަތުރުތަކާއި ކެއުމާއި ހުރުމުގެ ހުރިހާ ޚަރަދެއް ލިބުމުގެ އިތުރުން ރިސޯޓުގެ މާޙައުލުގައި ހިމެނޭ ކޮންމެ ކަމެއް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އޭގެ ތެރޭގައި ސަންސެޓް ކްރޫޒްގައި ބައިވެރިވުމާއި އަދި ސްޕާ ޓްރީޓްމަންޓް ފަދަ ތަފާތު ޚިދުމަތްތައް ހިމެނެއެވެ.

ކޮކޯޕާމް ދުނިކޮޅު ރިސޯޓްގެ މަންޒަރެއް/ފޮޓޯ ކޮކޯޕާމް ވެބްސައިޓް

މި މަޤާމަށް ހޮވޭ ފަރާތް މަސައްކަތް ކުރާނީ ކޮކޯ ޕާމް ދުނިކޮޅު ރިސޯޓުގެ ކޯރަލް ރީ-ޕްލާންޓިން ސްކީމްގެ މެރީން އެޑިއުކޭޓަރ އާއެކު ،ފަރުތަކުގެ ދިރުންތަކާއި ބެހޭ މަޢުލޫމާތު އެއްކޮށް މަސްމަހާމެހި ދެނެގަތުމާއި ،މުރަކަ އިންދާ އާލާ ކުރުމުގެ އިތުރުން ކައިރި ރަށްރަށުގެ ފަރު ޙިމާޔަތް ކުރުމުގެ ގޮތުން ކުރިއަށް ދާ ޕްރޮޖެކްޓް ތަކުގައި މަސައްކަތް ކުރުމަށެވެ.

މިކަމަށް ކުރިމަތިލުމުގެ ފުރުސަތު މެއި 12 ވާ ބުރާސްފަތި ދުވަހާއި ހަމަޔަށް ހުޅުވިފައިވެއެވެ. މިކަމާގުޅޭ އިތުރު މަޢުލޫމާތު އެރިސޯޓުގެ ވެބްސައިޓް އިން ލިބެންހުންނާނެއެވެ.

ކޮކޯ ޕާމްއަކީ ރާއްޖޭގެ ކަނޑުތަކާއި ކަނޑުއަޑީގެ ދިރުންތަކާއި،އަދި ޕްލާސްޓިކްގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ހުރި ގޮންޖެހުންތައް ނައްތާލައި ތިމާވެއްޓާއި ރައްޓެހި މާޙައުލެއް ޤާއިމު ކުރުމުގެ ގޮތުން ޕްލާސްޓިކް ކޮތަޅާއި ޕްލާސްޓިކްގެ ބާވަތްތައް ބޭނުންކުރުން މަނާކުރުމާއި، އަމިއްލައަށް ބޯފެން އުފައްދައި ބިއްލޫރި ފުޅީގައި ގެންގުޅުމާއި ޕްލާސްޓިކް ޑަސްބިންތަކުގެ ބަދަލުގައި ސުތުލި ގޯނި ބޭނުންކުރުން ފަދަ ކުދި ކުދި އާދަތައް ތިމާވެއްޓާއި ރައްޓެހި ގޮތަށް ބައްޓަން ކޮށްފައިވާ 2 ރިސޯޓެއް ހިންގާ ކުންފުންޏެކެވެ.

އެގޮތުން ރިސޯޓުގައި އުފެދޭ ހިކި ކުނި، އިންސެނިރޭޓަރު ބޭނުންކޮށްގެން އަންދާ ލުމާއި ތެތް ކުނި ގަސްކާނާގެ ގޮތުގައި ބޭނުން ކުރުމާއި ޕްލާސްޓިކް ދަޅު ފަދަ ތަކެތި ކޮމްޕުރެސް ކުރުމަށް ފަހު ބޭރުކުރުމާއި ބިއްލޫރި ފުޅި ފުނޑުކޮށްގެން ތަންތަން ރޭނުމުގައި ބޭނުންކުރަން ވަނީ ފަށާފައެވެ. ރާއްޖޭގެ ކަނޑުފަޅުތަކުގައި ދިރިއުޅޭ ވެލާތައް ސަލާމަތްކޮށް ރައްކާތެރިކުރުމުގެ ގޮތުން ވެލައަށް ޚާއްސަ ސެންޓަރެއް ވެސް ކޮކޯޕާމް ދުނިކޮޅުގައި ގާއިމް ކޮށްފައިވެއެވެ.

Ativador Office 2013

1 ކޮމެންޓް
މުޙައްމަދު
އޭޕްރީލް 25, 2022
އަހަރެން ގެންދެ ބަލަ