English Edition
Dhivehi Edition

ކ. ދިއްފުށި ކައިރިން ބެހެމުންދަނިކޮށް އެމްއެންޑީއެފްއިން ސަލާމަތްކޮށް އެހީތެރިކަން ފޯރުކޮށްދިން ސްރީ ލަންލާގެ މަސްބޯޓް، ހުޅުމާލެ އަށް ގެންގޮސްފި އެވެ.

ހަ މީހުންނާއެކު ދަތުރުކުރަމުން ދަނިކޮށް ލަންކާގެ އެ މަސްބޯޓްގެ ރިޕޯޓް ފުރަތަމަ ލިބުނުއިރު، އެ ބޯޓު އޮތީ މާލޭގެ އިރުން 199 ނޯޓިކަލް މޭލު ބޭރުގައި ކަމަށާއި ހާދިސާގެ ރިޕޯޓް ލިބުމުން އެމްއެންޑީއެފް ކޯސްޓްގާޑުން ދިޔައީ އެ ބޯޓު މޮނިޓަރ ކުރަމުންކަމަށް އެއިދާރާއިން މަޢުލޫމާތު ދެއްވައެވެ.

އިއްޔެ ކ. ދުއްފުށީގެ އިރުއުތުރުން ގާތްގަނޑަކަށް 58 ނޯޓިކަލް މޭލު ބޭރުގައި އޮތް އެ ބޯޓް ސަލާމަތްކޮށް، ހުޅުމާލެ ބަނދަށް ގެނައީ މިއަދު ހެނދުނު 06:10 ހާއިރު އެވެ.

އެމްއެންޑީއެފް އިން ވިދާޅުވި ގޮތުގައި ހާލުގައި ޖެހުނު އެ ބޯޓްގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅެވެ.