English Edition
Dhivehi Edition
ކާށިދޫ ދާއިރާގެ މެމްބަރު، އަބްދުﷲ ޖާބިރު - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ލީޑަރު، ޢަބްދުﷲ ޖާބިރު، ޢުމްރާގެ މަތިވެރި އަޅުކަން ކުރެއްވުމަށް ސަޢުދި ޢަރަބިއާ އަށް ފުރާވަޑައިގެންފި އެވެ.

ޖާބިރު ޢުމްރާއަށް ފުރާވަޑައިގެންނެވިކަން ހާމަވެފައިވަނީ އޭނާގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު، ދިޔާނާ ސަޢީދު މިއަދު ކުރެއްވި ޓްވީޓަކުންނެވެ.

އެ ޓްވީޓްގައި ދިޔާނާ ވިދާޅުވެފައި ވަނީ ޖާބިރުގެ ޢުމްރާ އާއި ދުޢާތައް މާތްﷲ ޤަބޫލުކުރައްވައި، ޖާބިރުގެ އީމާންކަން އިތުރަށް ވަރުގަދަކުރައްވައި، ހަމަޖެހުމާއި އުފާވެރިކަން މިންވަރުކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޖާބިރު ޢުމްރާއަށް ފުރާވަޑައިގެންނެވީ ކޮން އިރަކުކަމެއް ދިޔާނާ ވިދާޅުވެފައެއް ނުވެއެވެ.

ޖާބިރަކީ މި ހިނގާ ރައްޔިތުންގެ މަޖިލީހުގެ ދައުރުގެ އެންމެ މަޤްބޫލް އެއް މެންބަރެވެ. އެގޮތުން ޖާބިރު ދައްކަވާ ވާހަކަތަކަކީ އަބަދުވެސް ގިނަ ބައެއްގެ ސަމާލުކަން ލިބޭ ވާހަކަތަކެކެވެ.