English Edition
Dhivehi Edition

ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ޖެހިގެން 80 މީހަކު މަރުވެފައިވާކަމަށް ޗައިނާ ސަރުކާރުން ބުނެފިއެވެ.

މިއަދު ޗައިނާއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކޮރޯނާ ވައިރަސް ޖެހިގެން މަރުވެފައިވާ ހުރިހާ އެންމެން ވެސް މަރުވެފައި ވަނީ ޗައިނާގެ ވުހާން ސްޓޭޓް ހިމެނޭ ހުބެއީ ޕްރޮވިންސުންނެވެ.

ޗައިނާ ސަރުކާރުން ނެރުނު އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް 2744 މީހަކަށް ވަނީ ކޮރޯނާވައިރަސް ޖެހިފައިވާކަން ކަށަވަރު ކުރެވިފައި އެވެ. މީގެ ތެރެއިން 461 މީހުންނަކީ ސީރިޔަސް ހާލަތުގައި ތިބި މީހުން ކަމަށް ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ވަނީ ބުނެފައި އެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާރު މި ވައިރަސް އަށް ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅާފައިވާއިރު މި ވައިރަސް ވަނީ އޭޝީޔާ،ޔޫރަޕް، ނޯތް އެމެރިކާގެ ޤައުމުތަކުންވެސް މިހާރު ފެނިފައި އެވެ.

ވޯލްޑް ހެލްތް އޯގަނައިޒޭޝަނުން ވިދާޅުވީ ޗައިނާގެ ވުހާން ޕްރޮވިންސް އިން ފެނުނު ނޭވާލާ ނިޒާމަށް ޖެހޭ ނުރައްކާތެރި ކޮރޯނާ ވައިރަސް އަކީ ހަމައެކަނި ޗައިނާއަށް އޮތް ބިރެއް ކަމަށެވެ. މިއީ މުޅި ދުނިޔެއަށް އޮތް ބިރެއް ކަމަށް ނިންމަން އަދި އަވަސް ކަމަށް އެ އޮގަނައިޒޭޝަނުން ވިދާޅުވިއެވެ.