English Edition
Dhivehi Edition
ވީއައިއޭގައި ކޮރޯނާވައިރަސް އަށް ފަސިންޖަރުން ސްކްރީންކުރުމަށް ބެހެއްޓިފައިވާ ތާމަލް ކެމެރާ - ފޮޓޯ: ޓްވިޓާ (އެޗްޕީއޭ)

ޗައިނާގައި ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ޖެހިގެން 56 މީހަކު މަރުވެއްޖެ ކަމަށް އެޤައުމުގެ ކަމާއިބެހޭ ފަރާތްތަކުން މައުލޫމާތު ދީފިއެވެ. ބަލި ޖެހިފައިވާ މީހުންގެ އަދަދު އިތުރުވަމުން އަންނައިރު މިހާތަނަށް ކޮރޯނާ ވައިރަސް ޖެހިގެން 1،975 މީހުންނަށް ވަނީ ފަރުވާދޭން ފަށައިފައެވެ.

ބަލި އިތުރަށް ފެތުރިޔަ ނުދިނުމަށްޓަކައި ޗައިނާގެ 20 ސިޓީއަކުން 56 މިލިއަނަށްވުރެ ގިނަ މީހުންނަށް ވަނީ ދަތުރުކުރުން މަނާކޮށްފައެވެ. މިގޮތަށް އެޤައުމުގެ ސަރުކާރުން ހެދާފައި ވަނީ މިދުވަސްވަރަކީ ޗައިނާގެ އާ އަހަރު ފުރުން ފާހަގަ ކުރުމަށް ގިނަ ބަޔަކު އެކި ތަންތަނަށް ދަތުރުކުރާނެ ދުވަސްކޮޅަކަށް ވާތީއެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާރު މި ވައިރަސް އަށް ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅާފައިވާއިރު މި ވައިރަސް ވަނީ އޭޝީޔާ،ޔޫރަޕް، ނޯތް އެމެރިކާގެ ޤައުމުތަކުންވެސް މިހާރު ފެނިފައި އެވެ.

ވޯލްޑް ހެލްތް އޯގަނައިޒޭޝަނުން ވިދާޅުވީ ވައިނާގެ ވުހާން ޕްރޮވިންސް އިން ފެނުނު ނޭވާލާ ނިޒާމަށް ޖެހޭ ނުރައްކާތެރި ކޮރޯނާ ވައިރަސް އަކީ ހަމައެކަނި ޗައިނާއަށް އޮތް ބިރެއް ކަމަށެވެ. އަދި މުޅި ދުނިޔެއަށް އޮތް ބިރެއް ކަމަށް މިކަން ނިންމަން އަވަސް ކަމަށް އެ އޮގަނައިޒޭޝަނުން ވިދާޅުވިއެވެ.