English Edition
Dhivehi Edition
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް - ފޮޓޯ: ރައީސް އޮފީސް

ޗައިނާގެ އައު އަހަރުގެ މުނާސަބަތުގައި އެ ޤައުމުގެ ވެރީންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަށާއި އެ ޤައުމުގެ ސްޓޭޓް ކައުންސިލްގެ ޕްރިމިއަރ ލީ ކެޗަންގ އަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ޗައިނާގެ އައު އަހަރުގެ އުފާވެރި މުނާސަބަތުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޗައިނާ ސަރުކާރާއި އެ ޤައުމުގެ އެކުވެރި ރައްޔިތުންނަށް ވަރަށް ހޫނު މަރުޙަބާއެއް ވިދާޅުވެފައިވާ ކަމަށެވެ.

ރައީސް ޝީ ޖިންޕިންގ އަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި ޗައިނާއާއި ދިވެހިރާއްޖެއާއި ދެމެދު އޮތް ގާތް ރަޙުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފައިވެއެވެ. އެމަނިކުފާނުގެ މެސެޖުގައި ޗައިނާގެ ރައްޔިތުންގެ ތަރައްޤީއާއި ފާގަތިކަމަށް އެދިވަޑައިގެންފައިވެއެވެ.

ޗައިނާގެ އައު އަހަރު ފެށުނު އިރު އެޤައުމަށް ވަނީ ކޮރޯނާ ވައިރަސްގެ ސަބަބުން ބޮޑު ބިރަކާއި ކުރިމަތިލާން ޖެހިފައި އެވެ. މިހާތަނަށް އެޤައުމުގައި މި ވައިރަސް ޖެހިގެން 57 މީހަކު މަރުވެފައިވާއިރު 1،975 މީހުންނަށް ވަނީ މި ބަލި ޖެހިފައި އެވެ.