English Edition
Dhivehi Edition

ޗައިނާގައި ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ނުރައްކާތެރި ވައިރަހެއް ކަމަށްވާ ކޮރޯނާ ވައިރަސް އުމުރުން 2 އަހަރުގެ ކުއްޖަކަށް ޖެހިއްޖެ އެވެ. އެޤައުމުގެ ސިއްހަތާއި ބެހޭ އޮފިޝަލުން މައުލޫމާތު ދީފައިވާ ގޮތުގައި މި ވައިރަސް ޖެހިފައިވާ މީހުންގެ ތެރެއިން 237 މީހުންގެ ހާލު ސީރިއަސް އެވެ.

ކޮރޯނާ ވައިރަސް ޖެހިގެން ނުރައްކާތެރި ހިސާބަށް އާންމުކޮށް ދަނީ ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށި މީހުންނެވެ.މިހާތަނަށް މި ވައިރަސް ޖެހުނު ކަމަށް ރިޕޯޓުކޮށްފައިވާ އެންމެ ހަގު ކުއްޖާ އަކީ 2 އަހަރުގެ މި ކުއްޖާއެވެ.

ޗައިނާގެ ކަމާއިބެހޭ ފަރާތްތަކުން މައުލޫމާތު ދޭގޮތުގައި މިހާތަށް ކޮރޯނާ ވައިރަސް ޖެހިގެން 41 މީހަކު ވަނީ މަރުވެފައި އެވެ. އަދި މި ބަލި ޖެހިގެން 1287 މީހުންނަށް ވަނީ ފަރުވާދޭން ފަށައިފައެވެ.

ކޮރޯނާ ވައިރަސް ދަނީ ދުނިޔޭގެ އެހެން ހިސާބުތަކުންވެސް ފެންނަން ފަށައިފައެވެ. އެގޮތުން މިއަދާއި ހަމައަށް ދުނިޔޭގެ 11 ޤައުމަކުން ވަނީ މި ބަލި ޖެހިފައިވާ މީހުން ފެނިފައި އެވެ.

ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުން ފެނިފައިވާ ޤައުމުތައް:
1.ޖަޕާން
2.އޮސްޓްރޭލިޔާ
3.މެލޭޝިޔާ
4.ސައުތު ކޮރިޔާ
5.ފްރާންސް
6.ސިންގަޕޫރް
7.ޔުނައިޓެޑް ސްޓޭޓްސް(ޔޫއެސް)
8.ނޭޕާލް
9.ވިއެޓްނާމް
10.ޔުނައިޓެޑް ސްޓޭޓްސް(ޔޫކޭ)
11.ޓައިވާން