English Edition
Dhivehi Edition

ޗައިނާގެ ވޫހާން ސިޓީގައި މިދިޔަ ޑިސެމްބަރު މަހުން ފެށިގެން، ކޮންޓްރޯލެއް ނެތި ފެތުރެން ފަށާފައިވާ، ކޮރޯނާވައިރަސް މެލޭޝިއާ އާއި އޮސްޓްރޭލިއާ އިންވެސް ފެނިއްޖެއެވެ.

އޮސްޓްރޭލިއާ އިން މި ވައިރަސް ފެނިފައިވަނީ ޗައިނާ އިން ޖަނަވަރީ މަހުގެ 19 ވަނަ ދުވަހު މެލްބަން އަށް އައިސްފައިވާ އުމުރުން 50 އަހަރުގެ ފިރިހެނެއްގެ ގައިންނެވެ. އޭނާގެ އިތުރުން އިތުރު މީހެއްގެ ގައިން ވެސް ކޮރޯނާވައިރަސްގެ އަލާމާތްތައް ފެނިގެން ޓެސްޓް ކުރަމުން އަންނަ ކަމަށް އޮސްޓްރޭލިއާގެ ސިއްހީ އޮފިޝަލުންވަނީ ހާމަކޮށްފައެވެ.

އޮސްޓްރޭލިއާގެ އިތުރުން މިއަދު، ކޮރޯނާވައިރަސް ޖެހިފައިވާ ތިން މީހަކު މެލޭޝިއާ އިން ފެނިފައިވާއިރު އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނީ ބަލިޖެހިފައި ވަނީ ޗައިނާގެ ވޫހާން ސިޓީން އެ ގައުމަށް ދަތުރުކުރި ތިން ފަތުރުވެރިންނަށް ކަމަށެވެ.ބަލިޖެހިފައި ވަނީ ޗައިނާގެ 66 އަހަރުގެ އަންހެނަކާއި އޭނާގެ2 އަހަރާއި، 11 އަހަރުގެ ފިރިހެން ދެ ދަރިންނަށެވެ.

މި ދެގައުމުގެ އިތުރުން 11 ގައުމަކުން މި ބަލި ޖެހިފައިވާ މީހުން ފެނިފައިވާއިރު ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 1287 އަށް އަރާފައެވެ. މި ބަލީގައި މަރުވި މީހުންގެ އަދަދު 41 އަށް އަރާފައިވާ ކޮރޯނާވައިރަސް ޖެހިފައި މިހާރު ތިބި މީހުންގެ ތެރެއިން 237 މީހެއްގެ ހާލު ސީރިއަސްކަމަށް ޗައިނާގެ އޮފިޝަލުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ.