English Edition
Dhivehi Edition

ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ގޮވާލައްވައިފިއެވެ.މިއަދު ހެނދުނު ހަސަން ލަތީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިނިސްޓަރ ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް ޒިންމާދާރު ކަމާއި އެކު މަގާމު އަދާނުކުރެވޭނަމަ އިސްތިއުފާ ދެއްވުމަށެވެ.

ހެލްތު މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލައި ހަސަން ލަތީފް ޕޯސްޓު ކުރައްވައިފައި ވަނީ އަންހެނުން ހިތާނު ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އެކަމަށް ހިތްވަރު ނުދެއްވާ ކަމަށް ހެލްތު މިނިސްޓަރު އަމީން ވިދާޅުވެފައިވާ ޚަބަރެއް ޓްވީޓް ކުރައްވަމުންނެވެ.

އަންހެނުން ހިތާނު ކުރުމާއި މެދު އިސްލާމިކް މިނިސްޓްރީގެ ލަފައަކަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން އެދުނު މައްސަލަ ފެންމަތިވެފައި ވަނީ މިދިޔަ ހަފްތާގައި އެވެ. އެމައްސަލަ ފެންމަތިވެ އެތައްބައެއްގެ ފާޑުކިއުން ލިބުމާއި އެކު އެ މައްސަލައާއި ގުޅިގެން އެޗްޕީއޭ އިން އިސްލާމިކް މިނިސްޓްރީ އަށް ފޮނުވި ސިޓީ ވަނީ ބާތިލުކޮށްފައެވެ.

އަމީން ރާއްޖޭގެ ހެލްތު މިނިސްޓަރުކަމާއި ހަވާލުވެވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ފަރާތުންނެވެ.

1 ކޮމެންޓް
ރާފަޅާ
ޖެނުއަރީ 25, 2020
އަންހެންކުދިން ޚިތާނުކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫނޭ މިނިސްޓަރު ވިދާޅުވީމަ، ސަރިކާރުގެ ސިޔާސަތާއި އެއްގޮތަށް ޒިންމާދާރު ކަމާއި އެކު މަސްއޫލިއްޔަތު ނުއުފުލެވޭ ކަމަށް ވާނަމަ އިސްތިއުފާދޭން ތިގޮވާލީ އަންހެންކުދިން ޚިތާނުކުރުމަކީ ސަރުކާރުގެ ސިޔާސަތަކީތަ؟ އިމްތިޔާޒު ބުނެބަލަ. ދޭބަލަ ޓީވީއެމް ޕްލަސްއަށް ސިއެސްޓަރ ޕްރޮގްރާމް ހުށަހަޅަން މަސްއޫލިއްޔަތު އަދާނުކުރެވެންޔާ