English Edition
Dhivehi Edition
17 ޖެނުއަރީ 2020 ގައި ރޭޕް އާއި ދެކޮޅަށް މާލޭގައި ބޭއްވި މުޒާހަރާގެ ބައިވެރިން ޕޯސްޓަރުތައް ހިފައިގެން - ފޮޓޯ: ނިޝާން އަލީ (މިހާރު)

މެދު ރާއްޖެ ތެރޭގެ ރަށެއްގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖާ ރޭޕް ކުރި މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

އެކުއްޖާ ރޭޕްކުރި ކަމުގެ ތުހުމަތުގައި، މިއަދު ހައްޔަރުކޮށްފައި ވަނީ21 އަހަރުގެ ފިރިހެނަކާއި، 19 އަހަރުގެ ދެ ފިރިހެނުންގެ އިތުރުން 18 އަހަރުގެ ފިރިހެނެކެވެ. މި މީހުންގެ ފޮޓޯތައް ސޯޝަލް މީޑިއާގައިވެސް މިހާރު ދައުރުވަމުން އަންނައިރު މި މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންނަކީވެސް ދިވެހިންނެވެ.

މި މައްސަލައިގައި ފުލުހުން ވިދާޅުވީ ބުދަ ދުވަގެރޭ، 17 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްފައިވާކަަމަށް ބުނެވުނީ އޮޅުމަކުން ކަމަށާއި، އެ އަންހެން ކުއްޖާއަކީ 14 އަހަރުގެ އަންހެން ކުއްޖެއް ކަަމަށެެވެ. އެ ކުއްޖާ ރޭޕްކޮށްލާފައި ވަނީ ބުދަ ދުވަހުގެރޭ 20:15 ހާއިރު އެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު އިންސާފު ލިބުމުގައި ލަސްތަކެއް އުޅޭކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އަޑުއުފުލަމުންނެވެ.