English Edition
Dhivehi Edition

ހަލުވިކަމާއި އެކީ ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ސައުދީ އަރަބިއްޔާ އިންވެސް ފެނިއްޖެއެވެ.

ޗައިނާއިން ފުރަތަމަ ފެނުނު މި ވައިރަސް ދުނިޔޭގެ ބޮޑެތި ސިޓީތަކުން މިހާރު ފެނިފައިވާއިރު އެންމެ ފަހުން މިވަނީ މި ވައިރަސް ސައުދީ އިންވެސް ފެނިފައިއެވެ. ޗައިނާއިން މި ވައިރަސް ކޮންޓްރޯލް ކުރުމަށް ސްކްރީން ކުރަމުން އަންނައިރު އެޤައުމުގެ ބޮޑެތި ސިޓީތަކުން ދަނީ ޕަބްލިކް ޓްރާސްޕޮޓޭޝަންގެ ޙިދުމަތްވެސް މެދުކަނޑާލާފައެވެ.

ސައުދީއިން ކޮރޯނާ ވައިރަސް ފެނިފައި ވަނީ އެ ޤައުމުގައި މަސައްކަތް ކުރަމުން އަންނަ އިންޑިޔާ ނަރުހެއްގެ ގައިންނެވެ. އޭނާގެ ގައިން ކޮރޯނާ ވައިރަސް ފެނިފައި ވަނީ އޭނާ މަސައްކަތް ކުރާ އަލްހަޔަތު ހޮސްޕިޓަލުގައި ތިބި އިންޑިއާގެ 100 ނަރުހުން ޓެސްޓު ކުރުމުގެ ތެރޭގައި އެވެ. މިހާރު މި ވައިރަސް އަށް ޕޮޒިޓިވްވި މީހާއަށް ފަރުވާދެމުން އަންނަކަމަށް އިންޑިޔާގެ ނޫސްތަކުން މައުލޫމާތު ދެއެވެ.

ނުރައްކާތެރި ވައިރަހެއް ކަމަށްވާ ކޮރޯނާ ވައިރަސް ޖެހިގެން މިހާތަނަށް ޗައިނާއިން 25 މީހަކު ވަނީ މަރުވެފައި އެވެ. އަދި 600 އަށްވުރެ ގިނަ މީހުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފައި ވެއެވެ.