English Edition
Dhivehi Edition
ފޮޓޯ:އަވަސް

މާލޭގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ސިފައިންގެ މީހާ ސަސްޕެންޑްކޮށްފިއެވެ.

މިއަދު އެމްއެންޑީއެފުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސިފައިންގެ ދެމީހަކު 14 އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވިދާޅުވުމާއި ގުޅިގެން އެ މެމްބަރު އެ ވިދަޅުވަނީ ކޮން ސިފައިންގެ މީހެއްގެ ވާހަކަތޯ ހޯދުމަށް މެމްބަރުގެ އަރިހުގައި އެދިފައިވާ ކަމަށެވެ. އަދި އެ ސިފައިންގެ ދެމީހުންގެ މައުލޫމާތު ފުލުހުންނަށް އެނގޭނެކަމަށް ވިދާޅުވުމުން ، މިފަދަ ތުހުމަތެއްކުރެވިފައިވާ ސިފައިންގެ ދެ މީހުންގެ މައުލޫމާތު ހޯދުމަށް ފުލުހުންނަށް އެދިފައިވާނެކަމަށެވެ.

ސިފައިންގެ މީހަކު ފުލުހުންގެ ހައްޔަރަށް ގެންދިޔަކަމުގެ މައުލޫމާތު ފުލުހުން ހިއްސާކުރުމާއި ގުޅިގެން ގަވާއިދުގައިވާ ގޮތުގެމަތިން އެމްއެންޑީއެފްގެ ކަމާބެހޭ ކޮމިޓީ ބައްދަލުކޮށް، ފުލުހުންގެ ހައްޔަރަށް ގެންދިޔަ ސިފައިންގެ މީހާ، އޭނާ ހައްޔަރަށް ގެންދިޔަ ވަގުތުން ފެށިގެންގެން ސަސްޕެންޑްކޮށްފައިވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

 

މީގެ އިތުރުން އެމްއެންޑީއެފް ގެ ބަޔާނުގައި ބުނީ މި މައްސަލައިގައި ދެ ސިފައިންގެ މީހުން ހިމެނޭކަމަށް މެމްބަރު ވިދާޅުވި ނަމަވެސް މި މައްސަލައިގައި އިތުރު ސިފައިންގެ މީހަކު ހިމެނޭކަން ނުވަތަ ނޫންކަން އަދި ސާފުވެފައިނުވާކަމަށެވެ. މީގެ އިތުރުން މި މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅިފައިވާ ތާރީހެއްވެސް، އަދި ފުލުހުންގެ މުއައްސަސާއިން ހިއްސާކޮށްފައި ނުވާކަމަށް މި ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.