English Edition
Dhivehi Edition
ދުބާއިގައި ބާއްވާ "އެކްސްޕޯ 2020"ގެ ޕޯސްޓަރެއް - ފޮޓޯ: ގޫގުލް

“އެކްސްޕޯ 2020” ގައި ދިވެހި އުފެއްދުންތައް ވިއްކަން ކުދި ވިޔަފާރިތަކަށް ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ ދުބާއީގައި 20 އޮކްޓޯބަރު 2020 އިން 10 އޭޕްރީލް 2021އަށް ބާއްވާ “އެކްސްޕޯ 2020” ގައި ސަރުކާރުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ހަމަސް ދުވަހުގެ މުއްދަތަށް ބާއްވާ އެ ވޯލްޑް އެކްސްޕޯގައި ދިވެހި އުފެއްދުންތައް ވިއްކާ، މާކެޓް ކުރުމުގެ ފުރުސަތު ވަނީ ލިބިފައި ކަމަށާއި، އެއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެފަދަ ފަރާތްތަކަށް ތަކެތި ވިއްކުމަށާއި، ދިވެހި އުފެއްދުންތެރިކަމާއި ދިވެހީންގެ ހުނަރުވެރިކަން ބޭރުދުނިޔެއަށް ދައްކާލުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން 30 ޖެނުއަރީ 2020 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އެކަމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު އެ މިނިސްޓްރީ އަށް ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި އީމެއިލް މެދުވެރިކޮށްނަމަ ފޯމް އީމެއިލްކުރަނީ [email protected] އަށް ކަމަށާއި، ފޯމް ހުށައަޅުއްވާ ފަރާތްތަކަށް މަޢުލޫމާތު ސެޝަން ފެބްރުއަރީ މަހު އޮންނާނެ ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

މި އަހަރުގެ ފަހުކޮޅު ފެށޭ އެ އެކްސްޕޯގައި 135 އަށްވުރެ ގިނަ ޤައުމްތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ.