ހިކެން ބޭނުންކުރާ ތަފާތު ގޮތްތައް ހުރެއެވެ. ބައެއްފަހަރު ހިކެން ކަންތައް ކުރަންވާގޮތްތައް ގިނަކަމުން އަހަރެމެންނަށް ރަނގަޅީ އަދި ގޯހީ ކޮންގޮތެއްކަން ވެސް ނޭންގެއެވެ. ކޮންމެ ގޮތެއް ވިޔަސް ކޮންމެ މީހެއްގެ ވެސް ގޯލް އަކަށްވާނީ ހިކުމެވެ. ހަށިގަނޑު ރީތިކޮށް އެއްވަރެއްގައި ބެހެއްޓުމެވެ. އެހެން ނަމަވެސް ބައެއްފަހަރު ކަންނެތްވެ ފަރުވާކުޑަކޮށްލައި ރޭގަނޑު ނިދާގަޑި ކައިރިކޮށް ހަބަނޑަށް ކާލައިގެން ގޮސް ނިދެނީއެވެ. މިއީ ހަގީގަތުގައި ވަރަށް ގޯސްކަމެކެވެ. ރޭނަގަނޑުގެ ކެއުން ކާންޖެހޭނީ ނިދުމުގެ 3 ގަނޑި އިރު ކުރިންނެވެ. ޑައެޓްކުރާ މީހުންވެސް ނުކުރާމީހުންވެސް މެއެވެ. ކެއުމަށްފަހު ބައެއްފަހަރު ސްނެކް ނަގާމީހުންވެސްމަދެއް ނޫނެވެ. އެހެން ކަމުން ތިރީގައި މިވާ ޑްރިންކް ތައް ނިދުމުގެ ކުރިން ބޭނުން ކޮށްލުމުން ބަނޑުހައި ކަންފިލައި ހަށިގަނޑު ލުއިވެ ހިކެން މަގުފަހި ކޮށްދޭނެއެވެ.
1- ގްރީކް ޔޯގަޓް ޕްރޮޓިންޝޭކް
ގަވައިދުންކަސްރަތު ކުރާ މީހެއްނަމަ ޕްރޮޓިންޝޭކް ނިދުމުގެ ކުރިން ބޭނުން ކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެ ކަމެކެވެ. ޕްރޮޓިންޝޭކުން ހަށިގަނޑުގައި ހުންނަ ކެލޮރީސް އަންދާލައި މަސްތައް ވަރުގަދަކޮށްދެއެވެ. އަދި ކިރުގައި ހުންނަ ޓްރައޮޓޮޕަން އަދި ކެލްޝިއަމްގެ ސަބަބުން ނިދުމަށް ފަސޭހަކޮށްދެއެވެ. މީގެ އިތުރުން ކިރުގައި ހިމެނޭ ޕްރޮޓިން އެއްކަމަށްވާ ކެސެއިން އިން ގައިގެ މަސްތައް ދިގުމުއްދަތަކަށް އުފެދުމަށް އެހީވެދެއެވެ. އަންސްވީޓެންޑް އަލްމޮންޑް މިލްކް ނުވަތަ ސޮއީ މިލްކަށް ގްރީކް ޔޯގަޓް އެޅުމަށްފަހު މިލްކްޝޭކް ތައްޔަރު ކުރާށެވެ. ބޭނުން ނަމަ މާމުއި ސަމުސަލެއް އަޅާލެވިދާނެއެވެ.
2- ޗެމޮމައިލް ޓީ
ޗެމޮމައިލް އަކީ ނިދުމަށް ފަސޭހަކޮށްދޭ އެއްޗެއްގެ ގޮތަށް ދުނިޔޭގައި މަޝްހޫރު މަލެކެވެ. މިއީ ހާބަލް މެޑިސިންތަކަށް ވެސް ބޭނުން ކުރަމުން އަންނަ މަލެކެވެ. ޑެއިޒީ މަލުގެ އާއިލަ އަކަށް ނިސްބަތްވާ މިލުގެ ގިނަ ފައިދާތަކެއް ވެއެވެ. ބަނޑުގައި ގޭސް ހެދި ބޭރަށްހިނގުން، ބަރުދަން ލުއިކޮށް ދިނުން އަދި ލޭގައި ހަކުރު ހުންނަ މިންވަރު މިމަލުން ސައިތައްޔާރުކޮށްގެން ބުއިމުން ކުޑަކޮށްދެއެވެ. ނިދުމުގެ ކުރިން މިމަލުން ސައިތައްޔާރުކޮސްގެން ހޫނުކޮށް ބޯށެވެ.
3- ސިނަމަން ޓީ
ފޮނިތޮށްޓަކީ އޭގައިވެސް ގިނަފައިދާ ތަކެއް އެކުލެވޭއެއްޗެކެވެ. ފޮނިތޮށި ހާއްސަވަނީ މެޓަބޮލިޒަމް ބޫސްޓްކޮށްދޭ އެއްޗެއްގެ ގޮތުގައެވެ. މީގައި އެންޓި އޮކްސިޑެންޓް އަދި އެންޓިބައޮޓިކް ހިމެނޭތީ މިިއީ ބޭނުންކޮށްލަން ރަނަގަޅު ޑިޓޮކްސް ބުއިމެކެވެ. ހަށިގަނޑުގައި ހުންނަ ވިހަ އަދި ސަރުބީ ވިރުވާ ލުމަށް، މާމުއި ކޮޅެއް އެޅުމަށްފަހު ފޮނިތޮށިން ސައި ތައްޔާރުކޮށްގެން ނިދުމުގެ ކުރިން ބޯށެވެ.
4- ފެނުގްރީކް ސީޑް ޑްރިންކް
ފެނުގްރީކް އަކީ ހަށިގަނޑުގައި ހުންނަ ހަކުރުގެ މިންވަރު ދަށްކުރުމަށް ދުވާލުގަޑީގައި ބޭނުން ކުރަން ވަރަށް ރަނގަޅު ބުއިމެކެވެ. އެހެން ނަމަވެސް ރޭގަނޑު ވެސް މިޑްރިންކް ބޭނުން ކުރެވިދާނެއެވެ. މި ޑްރިންކުން ހަށިގަނޑު ހޫނުކޮށް ސަރުބީތައް ވިރުވަން އެހީވެދޭނެއެވެ. މީގެ އިތުރަށް ހަޖަމްގެ މައްސަލަތައް ހުންނަ ނަމަ މިއޮށުން ސައިތައްޔާރުކޮށްގެން ބޭނުން ކުރެވިދާނެއެވެ. ފެންގްރީކް އޮށް ހޫނު ފެނަށްއަޅާފައި ބެހެއްޓުމަށްފަހު އެ ފެން ބޭނުން ކުރާށެވެ.
5- ޓާމެރިކް މިލްކް
ރީނދޫ އަޅަިއިގެން ތައްޔާރު ކުރާ ކިރުތަށި ބުއިމުން ރޯގާ އާއި ކެއްސުން ރަނގަޅުވެއެވެ. މި ދެކަންތަކުގެ އިތުރަށް ރީނދޫ ކިރުން ހަޖަމްގެ ނިޒާމް ރަނގަޅުވެ ހަށިގަނޑު ހިކުމަށް އެހީވެދެއެވެ. މި ކަމުގެ ސިއްރަކީ ރީނދޫގައި ހިމެނޭ އެންޓި އޮކްސިޑެންޓް މާއްދާތަކުން ހަށިގަނޑުގައި ހުންނަ ނުރައްކާތެރި ވިހަބޭރުކޮށްދިނުމެވެ. މީގެ އިތުރުން މީގައި ހިމެނޭ ޕްރޮޓިންއާއި ކެލްޝިއަމްގެ ސަބަބުން ނިދި ރަނގަޅުކޮށްދީ ހަށިގަނޑު ހިކުމަށް މަގުފަހިކޮށްދެއެވެ.
ހަށިގަނޑު ހިއްކަން ބޭނުންނަމަ ގަވައިދުން ކަސްރަތުކޮށް ފައިދާ ހުރި ކާނާ ބޭނުން ކުރާށެވެ. އަދި މީގެ އިތުރަށް ދިރިއުޅުމުގެ އާދަކާދަ ތައް ވަރަށް ރަނގަޅަށް ބެހެއްޓުމަކީ ރަނގަޅު ސިއްހަތެއްގައި މީހާ ދެމިހުރުމަށް އަދި ދާއިމީ ބަލިތަކުން މީހާ ދުރުކުރުމަށް ވަރަށް މުހިންމުކަމެކެވެ.