English Edition
Dhivehi Edition

އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ކުރީގެ މެމްބަރު އަހުމަދު ފަޔާޒު، މިފަހަރު އީސީ އިން ހުސްވާ މެންބަރުގެ މަޤާމަށް ކުރިމަތިލައްވަން ނިންމަވައިފިއެވެ.

ފަޔާޒު ވަނީ މީގެ ކުރީގައި އީސީގެ މެންބަރުކަމާއި ނައިބު ރައީސް ކަންވެސް ކުރައްވާފައި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލުމާއި ގުަޅިގެން ފަޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އީސީ ގެ މެމްބަރުކަމަށް ކުރިމަތިލެއްވުމަށް އޭނާ ނިންމަވާފައިވާކަމަށެވެ.”އަޅުގަނޑު ﷲގެ ވާގިފުޅާއެކު އިލެކްޝަންސް ކޮމިޝަން ގެ މެމްބަރުކަމަށް ކުރިމަތިލާން ނިންމައި އެކަމުގެ ފަތްތޫރަ ހިންގަން.” ފަޔާޒް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

މީގެ ދެތިންމަސް ކުރިން ފަޔާޒު ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ވެސް ކުރިމަތިލައްވާފައެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ފަޔާޒަށް ރުހުން ނުލިބުމުން އޭނާ އަށް އެ މަގާމު ލިބިވަޑައެއް ނުގެންނެވިއެވެ.

ފަޔާޒު އިލެކްޝަންސް ކޮމިޝަންގެ މެމްބަރަކަށް ހުންނަވަނިކޮށް އޭނާގެ މަގާމު ގެއްލުނީ ސުޕްރީމްކޯޓުން 2014 ވަނަ އަހަރު ކުރެއްވި ޙުކުމަކާއި ގުޅިގެންނެވެ.