English Edition
Dhivehi Edition

އައްޑޫ ސިޓީގެ ގަމުން ފުރައިގެން 3 ގައުމަކަށް ދެވޭ ޚާއްޞަ ފެއަރ އެއް ސްރީލަންކަން އެއާލައިނުން ތައާރަފް ކޮށްފިއެވެ.

އަންނަ މާޗް މަހުގެ ސްކޫލް ބަންދާ ދިމާކޮށް ސްރީލަންކަން އެއާލައިނުން ތައާރަފް ކުރި މި ފެއަރ ގައި ބެންކޮކް، ސިންގަޕޫރު އަދި ކުއަލަލަމްޕޫރަށް ދަތުރު ކުރެވެއެވެ.

މި ފެއަރ ގައި ދަތުރުކުރެވޭ އަގުތަކަކީ:

ބެންކޮކް ދެކޮޅު ޓިކެޓް- 332 ޔޫއެސް ޑޮލަރ

ސިންގަޕޫރު ދެކޮޅު ޓިކެޓް- 345 ޔޫއެސް ޑޮލަރ

ކުއަލަލަމްޕޫރު ދެކޮޅު ޓިކެޓް- 329 ޔޫއެސް ޑޮލަރ އެވެ. މީގެ އިތުރުން މި ފެއަރ ގައި ދަތުރު ކުރާ ފަރާތްތަކަށް 40 ކިލޯ ގެ ލަގެޖް ވެސް ގެންދެވެއެވެ.

ޖެނުއަރީ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދާ މި ފެއަރ ގައި ފެބްރުއަރީ 5 ވަނަ ދުވަހުގެ ކުރިން ޓިކެޓް ގަންނަން ޖެހެއެވެ. އަދި މާޗް 5 ވަނަ ދުވަހާއި މާރޗް 31 ވަނަ ދުވަހާއި ދެމެދުގައި ދަތުރުކޮށް ނިންމަން ޖެހެއެވެ.

ސްރީލަންކަން އެއާލައިނުން ގަމަށް ދަތުރު ކުރާތާ 2 އަހަރު ވެފައިވާ އިރު ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް މި އެއާލައިނުން ކުރަމުން އަންނަ ބައިނަލް އަޤްވާމީ ދަތުރުތަކުގެ ސަބަބުން ވަނީ ވަރަށް ގިނަ ލުއިފަސޭހަތަކެއް ލިބިފައެވެ.