English Edition
Dhivehi Edition
ކުޅުދުއްފުށި ސިޓީ - ފޮޓޯ: ސޯޝަލް މީޑިއާ

2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ކުޅުދުއްފުށީ ސިޓީގެ އެމްޑީޕީ ޕްރައިމަރީއަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ލިސްޓު އާންމުކޮށްފި އެވެ.

އެގޮތުން އެމްޑީޕީ އިން އާންމުކުރި ލިސްޓުގައިވާ ގޮތުން 18 ކެންޑިޑޭޓުން ވަނީ އެ ޕާޓީގެ ކުޅުއްދުއްފުށި ސިޓީގެ ޕްރިމަރީއަށް ކުރިމަތިލައިފަ އެވެ. އޭގެ ތެރޭގައި މޭޔަރު ކަމަށް ކުރިމަތިލީ ދެ ފަރާތަކާއި، ކައުންސިލަރު ކަމަށް ކުރިމަތިލީ 16 ފަރާތެއް ހިމެނެއެވެ.

ކުޅުދުއްފުށި ސިޓީގެ އެމްޑީޕީ ޕްރައިމަރީއަށް ކުރިމަތިލުމުގެ މުއްދަތު ހަމަވަނީ މިދިޔަ ބުރާސްފަތި ދުވަހު ރޭ 21:00 އަށެވެ.

އެމްޑީޕީ އިން ވަނީ ކުޅުދުއްފުށި ފިޔަވައި އެހެން ސިޓީތަކާއި އަތޮޅުތައް އަދި ރަށްތަކުގެ ޕްރިމަރީއަށް ކުރިމަތިލީ ފަރާތްތަކުގެ ލިސްޓް މިދިޔަ ހޯމަ ދުވަހު އާންމުކޮށްފަ އެވެ. އެ ލިސްޓުތަކުގައިވާ ގޮތުން، ސިޓީ ކައުންސިލް ތަކަށް 108 ކެންޑިޑޭޓުން ކުރިމަތިލައްވާފައިވާއިރު، އަތޮޅު ކަންސިލްތަކަށް 53 ކެންޑިޑޭޓުން އަދި ރަށު ކައުންސިލްތަކަށް ޖުމްލަ 1067 ކެންޑިޑޭތުން ވަނީ ކުރިމަތިލައްވައިފަ އެވެ.

ކުޅުދުއްފުށި ސިޓީން ކުރިމަތިލީ 18 ކެންޑިޑޭޓުންނާއެކު މިހާރު އެމްޑީޕީގެ ޕްރައިމަރީގައި ޖުމްލަ 1246 ކެންޑިޑޭޓުން ވާދަކުރާނެ އެވެ.

އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ކަމުގައިވާއިރު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި 980 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި އޭގެތެރެއިން 33 އިންސައްތަ އަންހެނުންނަށް ޚާއްސަކޮށްފައިވާއިރު، ލޯކަލް ކައުންސިލް އިންތިޚާބު އޮންނާނީ 04 އޭޕްރީލް 2020 ވާ ހޮނިހިރު ދުވަހު އެވެ.