English Edition
Dhivehi Edition
ރާއްޖޭގައި އުޅޭ ބިދޭސީންތަކެއް - ފޮޓޯ: ދުވަސް އެމްވީ

އެކްސްޕެޓް އޮންލައިން ސިސްޓަމް މެދުވެރިކޮށް ދެވޭ ޚިދުމަތްތަށް ވަގުތީ ގޮތުން މެދު ކަނޑާލުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އިން ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެކްސްޕެޓް އޮންލައިން ސިސްޓަމަށް ގެންނަން ޖެހޭ ބަދަލުތަކެއް ގެނައުމަށްޓަކައި އެ ސިސްޓަމް މެދުވެރިކޮށް ދެވޭ ޚިދުމަތްތަކުގެ ތެރެއިން ރެގިއުލަރައިޒޭޝަން އާއި ގުޅިގެން ދެވޭ ޙިދުމަތްތައް ފިޔަވައި އެހެން ޚިދުމަތްތައް، މި ހިނގާ ހޖެނުއަރީ މަހުގެ 26 ވާ އާދިއްތަ ދުވަހުން ފެށިގެން 29 ޖެނުއަރީ ވާ ބުދަ ދުވަހުގެ ނިޔަލަށް މެދުކަނޑާލާނެ ކަމަށެވެ.

އަދި ޚިދުމަތްތައް އަލުން ފެށުންމަށް ހަމަޖެހިފައި ވަނީ 30 ޖެނުއަރީ ވާ ބުރާސްފަތި ދުވަހު ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

ދިވެހި ރާއްޖެއަށް ބިދޭސީ މީހަކު ގެންނަން ބޭނުންވާ ކޮންމެ އެންޕްލޯޔަރ އެއް އެކްސްޕެޓް ސިސްޓަމް ގައި ރަޖިސްޓްރ ކުރެވިފައި އިންނަ މީހަކަށް ވާންވާނެ އެވެ.

އޮންލައިން ރަޖިސްޓްރޭޝަން އަކީ ބިދޭސީ މީހުން މާލެ ގެނައުމުގެ ގޮތުން އެކްސްޕެޓް ސިސްޓަމް ގައި ރަޖިސްޓްރީ ކުރެވި، އޮންލައިން އެޕްލިކޭޝަން ހުށައަޅައި އަދި ކޯޓާ އާއި އީއޭ އަށް އެޕްލައި ކުރުމުގެ ގޮތުން އެކްސްޕެޓް ސިސްޓަމް ގައި ރަޖިސްޓްރީވުމެވެ.

18 އަހަރުން މަތީ ކޮންމެ ބޭފުޅަކަށްވެސް އެ ސިސްޓަމް ގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު އޮވެއެވެ.