އުމުރުން އެންމެ ދެއަހަރުގެ ކުއްޖަކު އޭނާގެ ބައްޕައާއި ކާފަ އަދި މުނިކާފަ ރޭޕް ކުރި މައްސަލައިގައި ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފް ގެ ބަސްމަގު ބެހެއްޓުނު ގޮތުން މައާފަށް އެދިވަޑައިގެންފިއެވެ.
ބުދަ ދުވަހު ފެންމަތިވި މި މައްސަލައާއި އެކު މި ދެ ދުވަހު ސޯޝަލް މީޑިއާ ކެކިއުތިގަތް އިރު މި އަނިޔާވެރި ލާއިންސާނީ އަމަލު ހިންގި މީހުންނަށް ވަގުތުން ވަގުތަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލާ ގިނަ ބަޔަކުވަނީ މަގުމައްޗަށް އެއްވެފައެވެ. މަގުމައްޗަށް އެއްވި މީހުން ކުއްޖާގެ ބައްޕަ ދިރިއުޅޭ ފްލެޓް ކައިރިއަށް އެއްވެ ހަމަނުޖެހުންތައް ހިންގާ އޭނާއަށް އަނިޔާކޮށްފައިވާއިރު މި އަމަލު ހިންގި ކާފަ އާއި މުނިކާފަ ރާއްޖޭގެ އެއްވެސް ރަށަކަށް އެރުނަ ނުދިނުމުން އެންމެ ފަހުން މިހާރުވަނީ ދޫނިދޫއަށް ގެންގޮސްފައެވެ.
ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އެމީހުންގެ ރުޅިގަނޑު ބާލަމުން ދިޔަ އިރު މިނިސްޓަރ މަހްލޫފު ތުއްތު ކުއްޖާގެ މުނިކާފަގެ ފޮޓޯއެއް އާއްމު ކުރުމަށްފަހު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އެއީ އިންސާނެއްގެ ސިފައިގައި ހުރި ޖަނަވާރެއް ކަމަށެވެ. މީގެ އިތުރުން މަހްލޫފް ކުރެއްވި އިތުރު ޓުވިޓެއްގައި ވަނީ އެ ކުއްޖާގެ ކާފަ ހަވަރަށް ދިނުމަށް ގޮވާލާފައެވެ. މަހްލޫފުގެ ޓުވިޓާއި ގުޅިގެން ގިނަ ބަޔަކުވަނީ ޤާނޫނުތަކާއި ޤަވައިދުތަކުގެ ބޭރުން ބަޔަކަށް އަދަބު ދިނުމަށް ދައުލަތުގެ މިނިސްޓަރަކު ގޮވާލުމަކީ ވަރަށް ތާކުންތާކު ނުޖެހޭ ކަމެއް ކަމުގައި ބުނެފައެވެ.
Okay, I apologise for the language I used in my tweets yesterday. Being a father of a 6 year old girl I just couldn’t control my anger, after all I’m a human before a Minister. Maaf ??
— Ahmed Mahloof (@AhmedMahloof) January 18, 2020
މި ވާހަކަތަކާއި ގުޅިގެން މަހްލޫފް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އިއްޔެ އޭނާ ކުރެއްވި ޓުވިޓްތަކުގައި ބޭނުން ކުރެވިފައިވާ ބަސްތަކުގެ ސަބަބުން މައާފަށް އެދޭކަމަށެވެ. ” 06 އަހަރުގެ ކުއްޖެއްގެ ބައްޕައަކަށްވީތީ ރުޅި ކޮންޓްރޯލް ނުކުރެވުނީ. މިނިސްޓްރަކަށްވުމުގެ ކުރިން އަހަންނަކީ އިންސާނެއް”މަހްލޫފް ވިދާޅުވިއެވެ.