English Edition
Dhivehi Edition

އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ސިފައިންގެ ދެ މީހެއްގެ މައްސަލަ ނުބެލި އޮތް މައްސަލައެއް ފެންމަތިވެއްޖެއެވެ.

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ކުއްޖަކު ރޭޕް ކުރުމާ ގުޅިގެން، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އައްޑޫ ސިޓީ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވަނީ 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ސިފައިންގެ ދެ މީހެއްގެ މައްސަލަ ނުބެލި އޮތް ކަމަށް ވިދާޅުވެ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިރޭގެ ބައްދަލުވުމުގައި ރޮޒައިނާ ވިދާޅުވީ އެ ފަދަ މައްސަލަތައް ކަމާއި ބެހޭ އިދާރާތަކަށް ހުށަހެޅިނަމަވެސް އެ މައްސަލަތަކުގައި އަޅަން ޖެހޭ ފިޔަވަޅު ނާޅާ ކަމަށެވެ.މި ގޮތުން އުމުރުން 15 އަހަރު އަންހެން ކުއްޖެކު ސިފައިންގެ ދެ މީހަކު ރޭޕް ކުރި މައްސަލައެއް ބެލުން ލަސްވެފައިވާކަން ފާހަގަކުރައްވަމުން ރޮޒައިނާ ވިދާޅުވީ އަދިވެސް އެ އަމަލު ހިންގި މީހުން ދޫވެފައި ތިބިކަމަށެވެ، “އެ ކުއްޖާ ވިކްޓިމައިޒް ކޮށްފައި ވަނީ ފޭސްބުކް މެދުވެރިކޮށް.އޭގެ ފަހުން ވެސް އެ މީހުން ކިތައް ކުދިންނާ ދޭތެރޭ އެގޮތަށް އަމަލު ކޮށްފައިވޭތޯ ” ރޮޒައިނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލަތަކާ ގުޅޭ މައުލޫމާތު ކަމާއި ބެހޭ އިދާރާތަކުން ހޯދުމަށް ރޮޒައިނާ ހުށަހަޅުއްވާފައިވާއިރު އެ ހުށަހެޅުއްވުމާ އެއްގޮތަށް އެ އިދާރާތައް، މާދަމާ ރޭގެ ކޮމިޓީ ބައްދަލުވުމަށް ހާޒިރު ކުރުމަށް ވަނީ ނިންމާފައެވެ