ދެ އަހަރުގެ ކުޑަ ކުއްޖާ ރޭޕްކުރި މައްސަލައިގައި ޖެންޑާ މިނިސްޓަރު، ޝިދާތާ ޝަރީފް ގޯސްވާން ޖެހޭ ސަބަބެއް ނެތް ކަމަށް ޔޫތް މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
އެ ކުއްޖާ ރޭޕް ކުރި މީހުންނަށް އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލަމުން މަހްލޫފް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ދެ އަހަރުގެ ކުއްޖާ ރޭޕްކުރީ އިންސާނުންގެ ސިފައިގައި ތިބި ޖަނަވާރުން ކަމަށެވެ. މީގެ އިތުރުން މަހްލޫފް ވިދާޅުވީ ކުއްޖާ ރޭޕްކުރީ އެންމެ ޒިންމާރު މަގާމުގައި ތިބި ބައްޕަ، ކާފަ އަދި މުނިކާފަކަމަށާއި އެކަމުގައި ޝީދާތާ ކުށްވެރިވާންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. “އިސްލާހުކުރެވޭނީ މުޅި މުޖްތަމައު ބައިވެރިވެގެން” މަހްލޫފް ވިދާޅުވިއެވެ.
2 aharuge thuthu kujjaa rape kuri insaanunge sifaiga thibi janavaarunnah emme harukashi adhabu dheynjehey.
Emme zinmaadhaaru magaamuga thibi Bappa,Kaafa adhi Munikaafa kujjeh rape kureema Min. @shidhatha goasvaanjehey sababeh neiy.
Islaah kureveynee mulhi mujthamau baiverivegen
— Ahmed Mahloof (@AhmedMahloof) January 17, 2020
މަހްލޫފު މިހެން ވިދާޅުވެފައިވާއިރު މިއަދު މާލޭގައި ތުއްތުކުއްޖާއަށް އިންސާފު ހޯދުމަށް ގޮވާލައި ބޭއްވި އެއްވުމުގައި ޖެންޑާރ މިނިސްޓަރުގެ އިސްތިއުފާއަށް ވަނީ ގޮވާފައެވެ.ކުޑަ ކުދިންނަށް ކުރާ މިފަދަ އަނިޔާތަކަށް ފިޔަވަޅު ނޭޅޭތީވެ ޖެންޑާ މިނިސްޓްރީ ހުންނަ އިމާރާތުގެ ކުރިމަތީގައި ބޭއްވި އިހުތިޖާޖުގައި ގިނަބަޔަކު ވަނީ އިންސާފު ހޯދައިދުނުމުގައި މުއައްސަސާތަށް ފެއިލްވެފައިވާ ކަމަށް ބުނެފައެވެ.