English Edition
Dhivehi Edition
އެމްއެމްއާރު ވެކްސިން ފުޅިއެއް - ފޮޓޯ: އައިބީޓައިމްސް

ރާއްޖޭގައި ހިމަބިހި އަލުން ފެތުރެމުން އަންނާތީ އިއްޔެ އެކަނިވެސް 100 އަށްވުރެ ގިނަ 18 އަހަރުން ދަށުގެ ކުދިންނަށް ވެކްސިން ޖަހާފައިވާކަމަށް ދަމަނަ ވެށިން ބުނެފިއެވެ. ހިމަބިހި ރާއްޖެއިން ނައްތާލެވިފައި އޮތްވާ އަނެއްކާ މި ބަލި ރާއްޖެއިން ފެނިފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ދަނީ ހިމަބިއްސަ ވެކްސިން ނުޖަހާ ފަރާތްތަކަށް ވެކްސިން ޖަހަމުންނެވެ.

ދަމަނަވެށިން ބުނީ 18 މަހުގައި ވެކްސިން ފުރިހަމަ ކޮށްފައިނުވާ ކުދިންގެ ތެރެއިން ވެކްސިން 78 ކުއްޖަކަށް މިއަދު ޖަހާފައިވާ ކަމަށެވެ. ހިމަބިހި ފެތުރެމުންދާ ދުވަސްކޮޅުގައި ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުން ދަނީ މި ބަލި އިތުރަށް ފެތުރަ ނުދިނުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ވެކްސިން ނުޖަހާ ފަރާތްތަކަށް ވެކްސިން ޖެހޭގެ މަގު ފަހިކޮށްދެމުންނެވެ.

މާލެ އާއި ހުޅުމާލޭގައި ސަރުކާރުން ވަނީ ހިމަބިއްސަ ޝައްކުވާ ފަރާތްތައް ޓެސްޓު ހެދުމަށާއި ފަރުވާ ދިނުމަށް ހާއްސަ ތަނެއް ގާއިމުކުރަމުންނެވެ. އަދި މި ބައްޔަށް ބޭރުގެ ފަރާތްތަކުން ވެކްސިން ހޯދަމުންދާކަން ފާހަގަ ކުރެވެއެވެ.

ޓެގު