English Edition
Dhivehi Edition

ސ.ހިތަދޫ މެދުވަލު ސިޓީ ޔުނައިޓެޑް(އެމްސީޔޫ)އިން އިސްނަގައިގެން އައްޑޫގައި އަހަންހެން ފުޓްސަލް މުބާރާތެއް ބާއްވަން ނިންމާއިފިއެވެ.

“ހަވަރު އައްޑޫ”ގެ ނަމުގައި ބާއްވާން ހަމަޖެހިފައިވާ މިމުބާރާތަކީ މުޅިންވެސް އައްޑޫ ކުޅުންތެރިންނަށް ހުޅުވާލައިގެން ބާއްވަން ހަމަޖެހިފައިވާ މުބާރާތެކެވެ.

އައްޑޫގައި ކާމިޔާބު ކަމާއި އެކު ގިނަ އަންހެން ފުޓްސަލް މުބާރާތަކެއް ބާއްވާފައިވާ އެމްސީޔޫގެ މިފަހަރުގެ މުބާރާތް އޮކްޓޯބަރ 25ގައި ބާއްވަން ނިންމާ ފައިވާއިރު މިމުބާރާތުގައި ބާވެރިވުމުގެ ފުރުސަތު ސެޕްޓެމްބަރ 1ވަނަ ދުވަހު ހުޅުވާލުމަށް ވަނީ ނިންމާފައެވެ.

އޭއޯ ނިއުސް އާއި ވާހަކަ ދައްކަމުން އެމްސީޔުނައިޓެޑްގެ ޔޫތު ކޯޑިނޭޓަރ އިބްރާޙިމް ޟިރާރު ބުނީ މިފަހަރުގެ މިމުބާރާތް ވެގެން ދާނީ އައްޑޫގައި ބާއްވާ އެންމެ ފޯރިގަދަ މުބާރާތް ކަމަށާއި މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމްއަށް 10000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ރަނައަޕް ޓީމައަށް 5000 ރުފިޔާގެ ފައިސާގެ އިނާމް ދެވެނެކަމަށެވެ.

އެމްސީޔޫ އިންވަނީ އައްޑޫގައި އަންހެން ފުޓްސަލް ކުރިއެރު ވުމުގެ ގޮތުން މީގެ ކުރިން ވެސް މުޅި އައްޑޫގައި އަންހެން ފުޓްސަލް މުބާރާތަކެއް ބާއްވާފައެވެ.މި ގޮތުން އެމްސީޔޫ އިން ވަނީ ޓީޗަރުންނަށް ހާއްސަ ފުޓްސަލް މުބާރާތަކާއި 23 އަހަރުން ދަށުގެ އަންހެން ފުޓްސަލް މުބާރާތެއް ބާއްވާފައެވެ،

ޓެގު