ސިޔާކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅެވުނުމެޗް ޓޫބްރަދާސް ކާމިޔާބުކޮށްފިއެވެ
މީދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅެވުނު މިމެޗް ފަހަތުން އަރާ ޓޫބްރަދާސް އިން ކާމިޔާބުކޮށްފައިވަނީ ގައުމު ޖޭއާރު އާއި ބައްދަލުކޮށް 3 ލަނޑު 1 ލަނޑުންނެވެ.
ދެޓީމްގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެންމެފުރަތަމަ ގޯލްކާމިޔާބް ކުރީ ގައުމު ޖޭއާރު އިންނެވެ. ފުރަތަމަ ހާފްގެ ކުޅުންފެށިގެން މާގިނައިރެއް ނުވަނީސް ގަމުމަށް ކާމިޔާބްކުރެވުނު ހަމަ އެކަނި ލަނޑު ޖަހާފައިވަނީ ހަސަން ސަހާފެވެ.ސަހާފްގެ ލަނޑާއެކު ޓޫބްރަދާސް އިން އިމްރާން ވަނީ ޕެނަލްޓީއެއް ކާމިޔާބްކޮށްދީ ފުރަތަމަ ހާފްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަމިމެޗްގެ ދެވަނަހާފްގައި ގަދަފަދަ ޓޫބްރަދާސް އާއެކު ކުޅުނު ގައުމު އަށް ވަނީ ލަނޑު ޖަހާނެ އިތުރު ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް އެފުރުސަތުތަކުގައި އެޓީމުގެ ކުޅުންތެރީން ފޮނުވާލި ބޯޅަތައް ޓޫބްރަދާސްގެ ގޯލްކީޕަރުވަނީ ދިފާއުކޮށްފައެވެ.
މެޗްގެ ދެވަނަހާފް ގައި ދެޓީމުގެ ކުޅުން އެއްވަރެއްގައި ހިފެހެއްޓިނަމަވެސް ޓޫބްރަދާސް އިންވަނީ އިތުރު ދެގޯލް ކާމިޔާބް ކޮށް މެޗްގެ ލީޑްނަގާފައެވެ. ޓޫބްރަދާސް އަށް ފަހުހާފްގެ ދެލަނޑު ކާމިޔާބް ކޮށްދިނީ ފަރުހާދެވެ. މިމެޗްގައި ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފަހުހާފްގައި ފެނިގެންދިޔަނަމަވެސް ދެ ޓީމަށްވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި މެޗް ނިމިގެންދިޔައީ އިތުރު ގޯލެއް ދެޓީމަށް ވެސް ކާމިޔާބް ނުކުރެވިއެވެ.
މިއަދުގެ މެޗްގައި ޓޫ ބްރަދާސްގެ މައުޝޫގް އަދި ގައުމް ޖޭއާރުގެ ޝިމާއު އަށް ރެފްރީވަނީ ރީދޫ ކާޑު ދައްކާފައެވެ.ޝިމާއު އަށް ދެރީނދޫ ކާޑު ދެއްކުމަށްފަހު ބެންޗްގައި އިންދާ ރެފްރީވަނީ ރަތްކާޑެއްވެސް ދައްކާފައެވެ.
ޟާމިރު ޝަރަފްވެރިކޮށްދެއްވި މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޓޫބްރަދާސްގެ ޖޯޒީ ނަމްބަރ 12 ފަރުހާދެވެ.