English Edition
Dhivehi Edition
އައިޔޫއެމްއާއި ގުރުއާނާ ބެހޭ މަރުކަރުގެ ބޭފުޅުންނާއެކު އެޑިޔުކޭޝަން މިނިސްޓްރީން ބޭއްވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޓްވިޓާ (އެޑިޔުކޭޝަން މިނިސްޓްރީ)

މާލެ ޖަލު ހުރި ތަނުގައި ސްކޫލެއް އަޅަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދަޅުވީ މާލެ ޖަލު ހުރިތަނުގައި “ދަރުމަވަންތަ ސްކޫލް”ގެ ނަމުގައި އާ ސްކޫލެއް އިމާރާތް ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ދިރާސީ އާ އަހަރު މިއަދު ފެށުމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓަރ ނޫސްވެރިންނާއި ބައްދަލުކުރަށްވައި ވިދާޅުވީ މާލެ ޖަލު ހުރި ތަނާއި އެތަނުގެ ކައިރީގައި ހުރި ކޮށި އެއްކޮށްލައިގެން ބޮޑު ސްކޫލެއް އަޅަން ނިންމައި އެ ސްކޫލުގެ ކުރެހުންވެސް މިހާރު ނިމިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދަރުމަވަންތަ ސްކޫލުގެ ނަމުގައި އަޅާ މި ސްކޫލު އެޅުމުގެ މަސައްކަތް ބަޔަކާއި ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވެފައިވާއިރު މިނިސްޓަރ ވިދާޅުވީ ފެބްރުއަރީ މަސްތެރޭގައި އެތަނުގެ މަސައްކަތް ފެށިގެން ދާނޭކަމަށެވެ.

އެއްދަންފަޅިއަށް ކިޔަވައިދޭ ގޮތަށް އިމާރާތް ކުރެވިގެންދާ އެ ސްކޫލް ވެގެންދާނީ މިޒަމާނާއި އެއްގޮތަށް އެއްދަންފަޅިއަށް ކިޔަވައިދޭ ތަނެެއްގައި ހުންނަންޖެހޭ ހުރިހާ ފެސިލިޓީސްތަކަކާއި އެކު އިމާރާތް ކުރެވިގެންދާ ސްކޫލެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.