English Edition
Dhivehi Edition
އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓު - ފޮޓޯ: އެރީނާ ޓުއާސް

ސަން ސިޔާމް ރިސޯޓްސް ގެ ފަރާތުން ހިންގާ އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓު، ތިން ލައްކަ ރުފިޔާއަށްވުރެ ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފި އެވެ.

އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އޮޅުވެލި ބޯޗް އެންޑް ސްޕާ ރިސޯޓު ޖޫރިމަނާކޮށްފައި ވަނީ އެ ރިސޯޓު ބޮޑުކުރުމުގެ މަޝްރޫޢުގެ މަސައްކަތް، އީޕީއޭ އިން ހެދި އެންވަޔަރަންމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) އާއި ޚިލާފަށް އަދި މިނިސްޓްރީ އޮފް ޓޫރިޒަމްއިން އެޕްރޫވްކުރައްވާފައިވާ ކޮންސެޕްޓާއި ހިލާފަށް ބައެއް މަސައްކަތްތައް ކޮށްފައިވާތީ ތިމާވެށިރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ ދަށުން ޖުމްލަ 313,250 (ތިން ލައްކަ ތޭރަ ހާސް ދުއިސައްތަ ފަންސާސް) ދިވެހި ރުފިޔާއިން ، މިދިޔަ އަންގާރަ ދުވަހު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

އަދި އެ ޖޫރިމަނާ ފައިސާ 30 (ތިރީސް) ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް އެ ރިސޯޓަށް އަންގާފައިވާ ކަމަށްވެސް އީޕީއޭ އިން ބުނެފައި ވެއެވެ.

އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓުގެ އިތުރުން ސަން ސިޔާމް ރިސޯޓްސް އިން ރާއްޖޭގައި ހަތަރު ރިސޯޓެއް ހިންގައެވެ. އެއީ ދ. މީދުއްފުށީގައި ހިންގާ ސަން އަކުއާ ވިލުރީފް ރިސޯޓާއި، ސްރީލަންކާގެ އިރު އިތުރުގައި އޮންނަ ބަޓިކަލޯ ޑިސްޓްރިކްޓުގައި ހިންގާ ސަން އަކުއާ ޕާސިކުޑަގެ އިތުރުން ނ. އިރުފުށީގައި ހިންގާ ސަން ސިޔާމް ރިސޯޓްސްގެ ފްލެގްޝިޕް ރިސޯޓު “ދަ ސަން ސިޔާމް އިރުފުށި” އަދި ސަން އަކުއާ އިރު ވެލި މޯލްޑިވްސް އެވެ.

3 ކޮމެންޓް
އަސްލަމް
ޖެނުއަރީ 13, 2020
1 ރިސޯޓް ސުރީލަންކާގަ، އެކަމް ހަބަރުގަ އޮތީ ރާއްޖޭގައިި ސަން ޝިޔާމް ރިސޯޓްސް އިން 4 ރިސޯޓް ހިންގާ ކަމަށް
ޖަންގިޔާ
ޖެނުއަރީ 12, 2020
ކޮބާ ދެފުޅި ސިޔާމް އަވަހަށް ލާރިކޮޅު ދައްކާލާ...
އަލީ ވަހީދު
ޖެނުއަރީ 12, 2020
ތިންލައްކަ ރުފިޔާ އެއީ ކޯޔެއް އެއޮތީ ބޭނުންވާ ކަން ކޮށް ނިންމާފަ??? ފައިސާއަން ބަދަލު??‍♂️