English Edition
Dhivehi Edition

އިޓާލިއަން ލީގުގައި ރޭ ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އައި އިންޓަ މިލާން އާއި އެޓަލާންޓާއާ ބައްދަލު ކުރި މެޗު 1-1 ލަނޑުން އެއްވަރުވެގެން ނިމިއްޖެއެވެ.

ރޭގެ މި މޮޅާޢި އެކު އެއްވަނާގައި 46 ޕޮއިންޓް ހޯދައި އިންޓަ އެއްވަނާގައި އޮތް ނަމަވެސް މިރޭ ތާވަލްގެ ހަތަރު ވަނާގައި އޮތް ރޯމާ އާއި ޔުވެންޓަސް ކުޅޭ މެޗުން މޮޅު ވެގެން45 ޕޮއިންޓާ އެކު އޮތް ޔުވެންޓަސްއަށް ދެ ޕޮއިންޓުގެ ލީޑަކާ އެކު އެއް ވަނަ އަށް އެރޭނެ އެވެ.

އިންޓާލިއަން ލީގުގައި މިވަގުތު އިންޓަ ކުޅުނު 19 މެޗުން 46 ލިބިފައިވާއިރު 18 މެޗުން 45 ޕޮއިންޓާ އެކު ޔުވެންޓަސް އޮތީ ދެވަނާގައިއެވެ. އަދި ތިން ވަނާގައި އޮތް ލާޒިއޯ އަށް 18 މެޗުން 42 ޕޮއިން ޓް ލިބިފައިވާ އިރު އެ ޓީމް ވަނީ ރޭ ރޭ ނަޕޯލީ އަތުން އަމިއްލަ ދަނޑުގައި 1-0 އިން މޮޅުވެފަ އެވެ. ހަތަރު ވަނާގައި އޮތް ރޯމާއަށް ލިބިފައިވަނީ 18 މެޗުން 35 ޕޮއިންޓެއެވެ. އަދި ރޭ އިންޓައާއި އެއްވަރު ކޮށް އެޓަލާންޓާ ފަސްވަނާގައި އޮތީ 19 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ.

އިޓާލިއަން ލީގުގައި އިންޓަ މިލާން އާއި އެޓަލާންޓާ ކުޅުނު ފޯރިގަދަ މިމެޗުގައި ދެ ޓީމްގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މިމެޗުގެ ފުރަތަމަ ހާފްގެ ހަތަރު ވަނަ މިނެޓުގައި ލޮޓާރޯ މާޓިނޭޒް ވަނީ އިންޓަ އަށް ލީޑު ނަގައިދީފަ އެވެ. އެޓަލާންޓާ އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ދެވަނަ ހާފްގެ 75 ވަނަ މިނެޓުގައިކާމިޔާބުކޮށްދިނީ ރޮބިން ގޮސެންސް އެވެ.