ބ. ކުޑަރިކިލު ކައިރިން ދަތުރު ކޮށްފައިދިޔަ “މިސް ސްކައި” ނަމަކަށް ކިޔާ ޔޮޓެއްގައި ބޭނުން ކުރަމުން ދިޔަ ޑިންގީއެއް ގެއްލިގެން އެމް އެން ޑީއެފް ނޮދަން އޭރިޔާ ސްކޮޑްރަން އިން ޙަރަކާތްތެރިވަމުން ދަނިކޮށް ޑިންގީ ފެނިއްޖެއެވެ.
މިޙާދިސާގެ ރިޕޯޓު އެމްއާރްސީސީއަށް ލިބިފައިވަނީ މިއަދު ހެނދުނު 7.15 އެހާކަށްހާ އިރު ކަމަށް އެންއެންޑީއެފް އިން ވިދާޅުވެއެވެ.
ރޭ ފަތިހު 5.30 އިން ފެށިގެން ގެއްލިފައިވާ ޑިންގީ އަކީ ބޮޑުމިނުގައި 9 މީޓަރ ހުންނަ ޑިންގީއެކެވެ. ޑިންގީ ގެއްލުނުއިރު އޮތީ މިސްސްކައި ޔޮޓުގެ ކަފުގައެވެ. ގެއްލުނުއިރު ޑިންގީގައި އެއްވެސް މީހަކު ނެތްކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
ޑިންގީ ފެނިފައިވަނީ މިއަދު 11.19 އެހާކަށްހާ އިރު ބ. ދަރަވަންދޫ ކައިރިން އޮޔާ ދަނިކޮށްނެވެ. ޑިންގީ ފެނިފައިވަނީ ނައުޓިލަސް ރިސޯޓުގެ އުޅަނދަކަށެވެ.