English Edition
Dhivehi Edition

“ސުވެނިއާ ސަފާރީ” ގެ ނަމުގައި ދިވެހި ފަންނުވެރި އަންހެނުންގެ މަސައްކަތްތައް ވިއްކުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ވިމެން އެންޓްރަޕްރެނިއާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މައުރަޒެއް ބާއްވައިފިއެވެ.

އިއްޔެ ބޭއްވި މި މައުރަޒަކީ އެއް ޕްލެޓްފޯމަކުން އޯތެންތެޓިކް ދިވެހި އުފެއްދުންތައް ދައްކާލުމަށް ދިވެހި އަންހެނުންނަށް ހާއްސަކޮށްގެން ބޭއްވި މައުރަޒެއް ކަމަށް އެމްއޭއެލްސީން ބުނެއެވެ.

 

އެއާޕޯޓު ވޯޓާ ފްރަންޓް ތިރީގައި އޮތް މި މައުރަޒުގެ އުފެއްދުންތައް ގަންނަން ބޭނުން މީހުންނަށް އެއްޗެހި ގަތުމުގެ ފުރުސަތުވެސް އޮތެވެ. މި މައުރަޒުގައި ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވެ އެމީހުންގެ އުފެއްދުންތައް ޑިސްޕްލޭ ކޮށްފައިވެއެވެ.

ކުރިއަށް އޮތްތަނުގައިވެސް މިފަދަ މައުރަޒުތައް އެއާޕޯޓާއި ވިމެން އެންޓްރަޕްރެނިއާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ބޭއްވުމަށް ވަނީ ނިންމައިފައެވެ.