English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުދޫ ގައި ‘ތަރައްޤީއާ އެކު ރައްޔިތުން’މި ނަމުގައި ހާއްސަ ހަރަކާތްތަކެއް ބާއްވައިފިއެވެ. މިއަދު ހަވީރު ވެހިކަލް ބުރަކާއެކު ބޭއްވި މި ހާއްސަ ހަރަކާތުގައި ހުޅުދޫ ދާއިރާގެ މަޖިލީސް މެމްބަރު މުހައްމަދު ޝާހިދު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ޕީޕީއެމް އާއި މި ސަރުކާރަށް ތައީދުކުރާ ހުޅުދޫ މީދޫ ގިނަ އަދަދައްގެ ބަޔަކު ބައިވެރިވި މި ހަރަކާތުގައި ޝާޑު ވިދާޅުވީ މި ސަރުކާރުން ހުޅުދޫ މީދޫ އަށް ތަފާތު ކުރުމެއް ނެތި ތަރައްޤީގެ މަޝްރޫއުތައް ހިންގަމުންދާނެކަމުގައެވެ. ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ތަރައްގީގެ އެއްވެސް މަސައްކަތެއް ހުޅުދޫ މީދުގައި ނުހިގާ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ޝާޑު ވިދާޅުވީ ދެ ލޮލުން ރަނގަޅަށް ބަލާ ކޮންމެ މީހަކަށް އިދިކޮޅު ފަރާތްތަކުން ދައްކަމުންދަނީ ދޮގު ވާހަކަތަކެއް ކަން ޔަގީން ކުރެވިގެންދާނެ ކަމުގައެވެ. އަދި ހުޅުދޫގައި ކުރިއަށްދާ ކޮންމެ މަސައްކަތެއް ހަމަހަމަކަމާއެކު މީދޫގައިވެސް ކުރިއަށް ދާނެކަމުގައި ޝާޑުވަނީ ވިދާޅުވެފައެވެ.

ސަރުކާރުން މި ދެރަށުގައި މިހާރު ހިންގަމުންދާ މަޝްރޫއުތަކާއި ގުޅޭ ބޯޑުތަކާއެކު ބޭއްވި ވެހިކަލް ބުރަށްފަހު، ހުޅުދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ހަވީރު ސައިގައި ބައިވެރިވި ޕީޕީއެމް އަށް ތާއިދުކުރާ ފަރާތްތަކުން ވަނީ އެމީޙުންގެ ޝުއޫރު ފާޅުކޮށް ރައީސް ޔަމީނު އަށް ޝުކުރުދަންނަވާފައެވެ. “ހުޅުދޫ މީދޫގައި މިހާރުވެސް ސަރުކާރުން ތަރައްގީގެ 5 ޕްރޮޖެކްޓަށްވުރެ ގިނަ ޕޮރޮޖެކްޓު ކުރިއަށް އެބަ ގެންދޭ. މީ ކުޑަކުޑަ އާބާދީއެއް އޮށްތަނަކާ ބަލާއިރު ހާދަ ބޮޑު ވަރެކޭ. އިދިކޮޅު ފަރާތްތަކުން އެ އުޅެނީ މި މަސައްކަތް ފެނި ހުއްޓުވާނެ ގޮތެއް ނޭގިގެން. ހަމަ މި ސަރުކާރުދާނި ކުރިއަށް” މި ހަރަކާތުގައި ބައިވެރިވި މީދޫ މީހަކު ބުންޏެވެ.ރާއްޖޭގެ އުތުރުން ފަށައިގެން ދެކުނާ ހަމައަށް ތަރައްގީގެ މަޝްރޫއެއް ނުހިގާ އެންމެ ރަށެށްވެސް ރާއްޖޭގައި ނެތްކަމަށް ޕީޕީއެމް އަށް ތާއިދުކުރާ ފަރާތްތަކުންވަނީ ބުނެފައެވެ. “ރައީސް ޔާމީނު ތިކުރައްވާ މަސައްކަތައް ޝުކުރިއްޔާ. 2018ގައިވެސް ބާރަށް އަތްޖަހާފަ ގޮސް ހަމަ ވޯޓު ދޭނީ ޔަމީނަށް.” ޖޯޝާއެކު ޕީޕީއެމްއަށް ތާއިދުކުރާ އަންހެނަކު ބުންޏެވެ.

މި ސަރުކާރުން ހުޅުދޫ މީދޫގައި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރުވެސް ހަލުވިކަމާއެކު ކުރިއަށްދާކަމަށް މީދޫގެ ޕީޕީއެމްގެ އިސް ފަރާތަކުން ވަނީ ބުނެފައެވެ. އަދި މަސްފެކްޓްރީ އާއި ސ.އަތޮޅުމަދަރަސާގައި އަޅަމުންދާ ހަތަރު ބުރީގެ އިމާރާތާއި އެމްޕީއެލް އަދި ބޮޑު ހިލަޖެއްސުމަކީ މި ސަރުކާރުން ހިންގަމުންދާ، ފެންނަން ހުރި މަޝްރޫއުތައް ކަމުގައި އެފަރާތުން ވަނީ ބުނެފައެވެ. އަދި އިދިކޮޅު ފަރާތްތަކުން ކިތަންމެ ވާހަކައެއް ދެއްކިއަސް މި ހަގީގަތް ބަދަލުނުކުރެވޭނެ ކަމަށް އެ ފަރާތުންވަނީ ބުނެފައެވެ. އަދި ހުޅުދޫ މީދޫ ރައްޔަތުން ތިބީ ތަރައްގީ އާއި އެކު ކަން މިއަދު އެ ރައްޔަތުން ސާބިތުކޮށްދީފިކަމުގައި ހުޅުދޫ މީދޫގެ ޕީޕީއެމް ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ބުނެފައެވެ.

މިއަދު އަތޮޅުތެރޭގެ 25 ރަށެށްގައި ޕިޕީއެމްގެ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޓެގު