English Edition
Dhivehi Edition

 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވީއައިއޭ އަށް ޖައްސާ ފުރި ފްލައިޓްތަކުގެ އަދަދު 811 އަށް އަރައި، އާދިއްތަ ދުވަހު އާ ރެކޯޑެއް ޤާއިމް ކޮށްފިއެވެ.

އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިދިޔަ އާދިއްތަ ދުވަހު 252 ރަންވޭ މޫމަންޓްސް ހިނގާފައިވާއިރު ސީޕްލޭން މޫމަންޓްސްގެ އަދަދު 559 އަށް އަރާކަމަށެވެ.

ވީއައިއޭ އިން އާ ރެކޯޑެއް މިހެދީ މިމަހުގެ 1 ވަނަ ދުވަހު 226 މޫވްމެންޓާއެކު ހަދާފައިވާ ރެކޯޑު މުގުރާލުމަށްފަހުގައެވެ. 2019 ވަނަ އަހަރުވެސް ވީއައި އޭ އިން ވަނީ 3 ފަހަރެއްގެ މަތިން ރަންވޭ މޫވްމަންޓް ރެކޯޑު އާކޮށްފައެވެ.

މިދުވަސް ވަރަކީ ފަތުރު ވެރިކަމުގެ ޕީކް ސީޒަނަށް ވެފައި ރާއްޖެ އައިސް ގޮސް ހަދާ ފަތުރު ވެރިން ގެ ޢަދަދު ނިސްބަތުން ވަރަށް ބޮޑު ވެފައި ވެއެވެ. މިއާއެކު ރާއްޖޭގެ ބޮޑު ޗުއްޓީވެސް މިދުވަސްކޮޅާއި ދިމާވުމުން ދިވެހިން ދަތުރު ފަތުރު ކުރާ ނިސްބަތް ވެސް އަހަރުތެރޭގެ އެހެން ދުވަސްތަކާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެފައިވާތީ އެއަރޕޯޓަށް ބާރު ބޮޑު ދުވަސްވަރަކަށް ވެފައި ފުރުމުގެ 3 ގަޑި އިރު ކުރިން އެއަރޕޯޓަށް ދިއުމަށް އެމްއޭސީއެލް އިން ވަނީ އެދިފައެވެ.

އާދިއްތަ ދުވަހަކީ، އެންމެ ގިނަ އަދަދަކަށް އެއާޕޯޓުގެ މަސައްކަތްތައް ހިނގާ ދުވަހެވެ. އެގޮތުން ހަފްތާގެ އެހެން ދުވަސްތަކާ އަޅާ ބަލާއިރު ފްލައިޓް ޖައްސައި، ފްލައިޓް ފުރާ ވަރު ވަރަށް ބޮޑަށް އިތުރުވެ އެވެ.